އދ އަތޮޅުގެ ރަށްރަށަށް ހެލްތް މިނިސްޓްރީން ފޮނުވި މިލިއަނެއްހާ ރުފިޔާގެމުދާ ކަނޑުގެ އަޑިއަށް!

އދ އަތޮޅުގެ ރަށްރަށަށް ހެލްތް މިނިސްޓްރީން ފޮނުވި މިލިއަނެއްހާ ރުފިޔާގެމުދާ، ރޭ އަޑިއަށްދިޔަ "ރިކާޑޯ" ދޯންޏާއެކު އަޑިއަށް ގޮސްފައި ވާކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ. ރޭ  ރިކާޑޯ އަލިހުރަސް ކަނޑަށ...

06 Jul 2023 | 07:06

އދ އަތޮޅުގެ ރަށްރަށަށް ހެލްތް މިނިސްޓްރީން ފޮނުވި މިލިއަނެއްހާ ރުފިޔާގެމުދާ، ރޭ އަޑިއަށްދިޔަ "ރިކާޑޯ" ދޯންޏާއެކު އަޑިއަށް ގޮސްފައި ވާކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ރޭ  ރިކާޑޯ އަލިހުރަސް ކަނޑަށް އަޑިއަށް ދިޔައީ މުދާ ބަރުކޮށްގެން މާލެއިން އދ އަތޮޅަށް ދަތުރު ކުރަމުން ދަނިކޮށެވެ.

އެކަމާ ގުޅިގެން ހެލްތް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރ އައިމިނަތު ޝަތުފާ "ދުވަސް" އަށް ވިދާޅުވީ، އދ އަތޮޅު ހޮސްޕިޓަލަށާއި އެ އަތޮޅުގެ ހުރިހާ ހެލްތް ސެންޓަރުތަކަށް މިނިސްޓްރީން ފޮނުވި، މިލިއަނެއްހާ މުދާގެ އަގުހުރި ސާމާނު ދޯންނާއެކު އަޑިއަސް ގޮސްފައިވާ ކަމަށެވެ.

"އެއީ ކޮމްޕިއުޓަރ ސިސްޓަމާ، ވީޑިއޯ ކޮންފަރެންސިންގް ސިސްޓަމްތަކާ، އައިޕެޑްސްއާ ދެން ޕްރިންޓަރާ" ޝަތުފާ ވިދާޅުވިއެވެ.

ޝަތުފާ ވިދާޅުވީ، އެ ސާމާނަކީ މިނިސްޓްރީން ރާއްޖޭގެ ހުރިހާ ރަށަކަށް ހަދިޔާ ކޮށްފައިވާ ސާމާނުގެ ތެރެއިން އދ. އަތޮޅުގެ ރަށްރަށުގެ ސާމާނު ކަމަށެވެ.

އެކި އަތޮޅުތަކަށް ބޭނުންވާ ވަރަށް ސާމާނު ފޮނުވަމުން ގެންދާކަން ފާހަގަ ކުރައްވައި ޝަތުފާ ވިދާޅުވީ، އެ ގްރާންޑްގެ ތެރެއިން ބައެއް ސާމާނު އަދި އެބަހުރި ކަމަށާއި އެހެންކަމުން ވީވަރަކުން އދ އަތޮޅުގެ ރަށްރަށަށް ތަކެތި ފޯރުކޮށްދޭނެ ކަމަށެވެ.

ރިކާޑޯ ދޯނި އަޑިއަށް ދިޔައިރު އެ އަތޮޅުގެ ބައެއް ރަށްރަށުގެ ވިޔަފާރި މުދާވެސް ގިނަ އަދަދަކަށް ދޯނީގައި ހުއްޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް