ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ ދެވަނަ ދައުރު ނިމި ޗުއްޓީއަށް ގޮސްފައިވާއިރު ދައުރުން ބޭރުން ބާއްވާ ދެވަނަ ޖަލްސާ އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފިއެވެ.
މި ޖަލްސާ އަންނަ ހޯމަ ދުވަހަށް، މިއަދު ތާވަލުކޮށްފައިވާއިރު އެޖެންޑާގައި އޮތީ ދާއިމީ ކޮމިޓީތަކުގެ މައްސަލައެވެ.
"ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި ވަކި ޕާޓީއަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެގޮތަށް ގެނެވޭ ބަދަލުގެ މައްސަލަ" އެޖެންޑާގައި މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ދަށުން ހިމަނާފައިވެއެވެ.
ދައުރުން ބޭރުން ދެވަނަ ޖަލްސާއެއް ހޯމަ ދުވަހަށް އެޖެންޑާކޮށްފައިވާއިރު ދައުރުން ބޭރުން ޖަލްސާއެއް މިދިޔަ ހޯމަ ދުވަހުވެސް ދައުރުން ބޭރުން ޖަލްސާއެއް ބޭއްވިއެވެ. އެހެން ނަމަވެސް ޖަލްސާ ފެށުމާއި ނިމުމާއި ދިޔައީ އެކުއެކީގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް