މިހާރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައިގާ ހަތަރު ރަށަކުން ހަތަރު ގެއެއްގެ ފުރާޅު އެއްލާލުމުގެ ހާދިސާ ހިމެނޭހެން ނުވަ ހާދިސާއެއް ރިޕޯޓްކޮށްފައިވާކަމުގައި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެގޮތުން އެންޑީއެމްއޭއިން މިއަދު ހާމަކުރި އަދާހަމައިގާ ބުނެފައިވާގޮތުގައި މިހާރު ކުރަމުންމިދާ ވިއްސާރައާއި ގުޅިގެން ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް އުދައިގެ އަސަރު ކޮށްފައިވާކަމަށެވެ.
އެންޑީއެމްއޭއަށް ރިޕޯޓްކޮށްފައިވާ ހާދިސާތައް:
- ހދ.ކުޅުދުށްފުށި އެއަރޕޯޓު ސަރަހައްދަށް ވަރަށް ބޮޑަށް އުދައިގެ އަސަރުކޮށްފައިވޭ.
- ށ.ކޮމަންޑޫއަށް ބޯކޮށް ވާރޭވެހި ރަށުތެރޭގައި ފެންބޮޑުވެ 1 ގެއަކަށް ގެއްލުން ލިބިފައިވޭ
- ބ.މާޅޮހުގައި ފެންބޮޑުވެ 3 ގެއަކަށް ގެއްލުން ލިބިފައިވޭ. އަދި ގިނަ އަދަދެއްގެ ގަސް ވެއްޓިގެން ރިޕޯޓުކޮށްފައިވޭ
- ޅ.ނައިފަރުގައި ވާރޭ ވެހި ފެންބޮޑުވުމުގެ އިތުރުން ގަދަ ވައިގެ ސަބަބުން 1 ގެއެއްގެ ފުރާޅު އެއްލާލާފައިވޭ
- ހއ.އިހަވަންދޫގައި ގަދަ ވައިގެ ސަބަބުން 1 ގެއެއްގެ ފުރާޅު އެއްލާލުމާއި 1 ގެއެއްގެ ފާރެއްގެ މަށްޗަށް ގަހެއްވެއްޓި ގެއްލުން ލިބިފައިވޭ
- ކ.މާފުށި، ކ.ދިއްފުށި އަދި ކ.ތުލުސްދޫއަށް ވައިގަދަވެ ބައެއް ރުށްގަސް ވެއްޓުމުގެ ހާދިސާތައް ހިނގާފައިވޭ
- ކ.ހުރާގައި 1 ގެއެއްގެ ފުރާޅުން ބައެއް އެއްލާލާ ބައެއް ގެއްލުން ލިބިފައިވޭ
- ފ.ފީއަލީގައި ވައިގަދަވުމުގެ ސަބަބުން 1 ގެއެއްގެ ފުރާޅުއެއްލާލައި ގެއްލުން ލިބިފައިވޭ
- އއ. ފެރިދޫގައި މީހުން ދިރިއުޅޭ ގެއެއްގެ މަށްޗަށް ބަނބުކެޔޮ ގަހެއްވެއްޓި ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ. މިހާދިސާގެ ސަބަބުން އެ ގޭގައި ދިރިއުޅުން ފަރާތަށް، ފެރިދޫ ކައުންސިލްގެ އެހީތެރިކަމާއިއެކު ވަގުތީ ބޯހިޔާވަހިކަން ދަނީ ފޯރުކޮށްދެމުން
މިހާތަނަށް ގިނަ ހާދިސާތަކެއް ރިޕޯޓްކޮށްފައިވާއިރު މިއަދަކީވެސް މޫސުން ގޯސް ދުވަހެއް ކަމަށާއި މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސް ކޮށްފައިވެއެވެ.
އެންޑީއެމްއޭގެ އަދާހަމަ މިއަދު ހާމަކޮށްފައިވާއިރު މި ވިއްސާރައިގާ ކަނޑުމަތީގެ ބައެއް ހާދިސާތައްވެސް އަންނަނީ ހިނގަމުންނެވެ. އެގޮތުން މުދާ އުފުލާ ބޯޓެއް މުދަލާއެކު އަޑިއަށް ގޮސްފައިވާއިރު ސަޕްލައި ދޯންޏެއްވެސް އަޑިއަށް ގޮސްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް