ބަގާވާތް ކުރުމުން ޕޫޓިން މޮސްކޯ ދޫކޮށް ފިއްލެވި

މިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހު ރަޝިޔާގައި އެގައުމުގެ ކުލީ ސިފައިންގެ ޖަމާއަތެއްކަމުގައިވާ ވާގްނާއިން ސަރުކާރާއި ދެކޮޅުވެ ބަގާވާތް ކުރުމުން މޮސްކޯ ދޫކޮށް ޕޫޓިން ފިއްލެވިކަމަށް ބުނެ، ރަޝިޔާގެ ކުރީގެ ...

06 Jul 2023 | 06:15

މިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހު ރަޝިޔާގައި އެގައުމުގެ ކުލީ ސިފައިންގެ ޖަމާއަތެއްކަމުގައިވާ ވާގްނާއިން ސަރުކާރާއި ދެކޮޅުވެ ބަގާވާތް ކުރުމުން މޮސްކޯ ދޫކޮށް ޕޫޓިން ފިއްލެވިކަމަށް ބުނެ، ރަޝިޔާގެ ކުރީގެ އެންމެ މުއްސަނދި މީހާ ކަމުގައިވާ މިކައިލް ކޯޑޮރކޮވްސްކީ މީޑިއާގައި ވާހަކަ ދައްކައިފިއެވެ.

ކޯޑޮރކޮވްސްކީ ބުނެފައިވާ ގޮތުގައި ނާކާމިޔާބުވި ބަގާވާތް ކުރިއަށް ދާން ފެށުމުން މަތިންދާ ބޯޓެއްގައި ޕޫޓިން މޮސްކޯ ދޫކުރެއްވިކަމަށާއި، އެންމެ ބެލެވޭ ގޮތުގައި ޕޫޓިން ވަޑައިގަތީ މޮސްކޯއާއި 250 މޭލު ދުރުގައި އޮންނަ ވަލްޑާއިގައި ހުންނަ އެމަނިކުފާނުގެ ގެކޮޅަށްކަމަށެވެ. ކޮޑޯރކޮވްސްކީގެ އިތުރުންވެސް ތަފާތު ގިނަ މަސްދަރުތަކުން ވަނީ ބަގާވާތާއި ގުޅިގެން ޕޫޓިން މޮސްކޯ ދޫކޮށް ފިއްލެވި ކަމަށް ރިޕޯޓުކޮށްފައެވެ.

ތެލުގެ ވިޔަފާރިން މުއްސަނދިވި ކޯޑޮރކޮވްސްކީ ޕޫޓިންގެ ސަރުކާރާއި ދެކޮޅު ފަރާތެކެވެ. ރަޝިޔާއިން ވަނީ 2010 ވަނަ އަހަރު ވައްކަމާއި މަނީ ލޯންޑަރިންގެ ކުށުގައި ކޯޑޮރކޮވްސްކީ 14 އަހަރަށް ޖަލަށްލާފައެވެ. ރައީސްގެ މާފާއި އެކު ކޯޑޮރކޮވްސްކީ މިނިވަންވެފައިވަނީ 2013 ވަނަ އަހަރުގައެވެ. މިނިވަންވިމާއި އެކު ކޯޑޮރކޮވްސްކީ ވަނީ ރަޝިޔާ ދޫކުރައްވައި ދިރިއުޅުން ލަންޑަނަށް ބަދަލުކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް