"ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ބޭއްވި ޖަލްސާގައި، އެމީހުންގެ ލޯގޯ ދައްކާލާފައި ވާއިރު، އެ ލޯގޯއަށް އަލީ ޒައިދު ފާޑު ވިދާޅުވެއްޖެއެވެ.
ރޭ ގިޔާސުއްދީން ސްކޫލުގައި ބޭއްވި ޖަލްސާގައި، އަސާސީ ގަވާއިދާ، ކުލައާއި ލޯގޯ ވަނީ ފާސްކޮށްފައެވެ.
އެގޮތުން ޑިމޮކްރެޓްސްގެ ކުލައަކަށް ހަމަޖެހުނީ "ބޭބީ ބްލޫ" ނުވަތަ މަޑު ނޫ ކުލައެވެ. ލޯގޯއަކީ 'އެސްޓްރިކް'އެވެ. ޑިމޮކްރެޓްސްއިން ބުނީ އޭގެން ރަމްޒުކޮށްދެނީ ދިވެހި ރުކާއި މުރަކައާއި މާމެލާމެލި ކަމަށެވެ. އަދި އެއީ ކުރަހަން ފަސޭހަ، އެކި ކަންކަމަށް ބޭނުންކުރަން ފަސޭހަ، މާނަވީ ނިޝާނެއް ކަމަށެވެ.
އެ ލޯގޯއަށް ފާޑުވިދާޅުވެ ޒައިދު ކުރެއްވި ޓުވީޓެއްގައި ވަނީ، 'ކްރޮސް' ރޮނގުބުރިތައް އެއީ ކޮން ރަމްޒެއްތޯ ސުވާލު އުފައްދާފައެވެ. އަދި ލޯގޯ ފެނުމާއެކު ހީފުޅުކުރެއްވީ އެއީ ޖަޕަނީސް، ޗައިނީސް ބަހެއް ކަމަށް ޒައިދު ވިދާޅުވިއެވެ.
https://twitter.com/alizaid1000/status/1676783444683296769
ޒައިދުގެ އެ ޓުވީޓަށް ކޮމެންޓްކުރި ބައެއް މީހުން ބުނެފައި ވަނީ، ރޮނގުތައް ފެންނަން ހުރިއިރު އެއީ ކޯޗެއްތޯ ސުވާލު ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް