ރޭ އަލިހުރަސް ކަނޑަށް އަޑިއަށ ދިޔަ މުދާ އުފުލާ ދޯނި 'ރިކާޑޯ' ފެނިފައި ވާތީ، އެ ދޯނި ނަގަން މަހިބަދޫ ދޯނިފަހަރު ދަތުރު ފަށައިފިއެވެ.
ފުލުހުން ރޭ ބުނީ އެ ދޯންޏަކީ މާލެއިން ފުރައިގެން އދ މަަހިބަދޫއަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ކަމަށާއި ހާދިސާ ހިނގިއިރު ދޯނީގައި އަށް މީހަކު ތިބި ކަމަށެވެ. އަދި އެ ދޯނީގެ ފަޅުވެރިން، މެރިން ޕޮލިސްގެ ލޯންޗަށް ނަގައި ސަލާމަތް ކޮށްފައި ވާއިރު އެންމެންގެ ހާލުވެސް ރަނގަޅުކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
"ރިކާޑޯ ދޯނި ފެނިފައިވާތީ ދޯނި ނެގުމަށް އެެހީތެރިވުމަށް، ވެރޯނާ، މިކާޑޯ އަދި އެޗްއެމްއެޗްއައި ލޯންޗް ރައްޔިތުންނާއިއެކު ވަނީ ފުރާފައި" މަހިބަދޫ ކައުންސިލުން ބުންޏެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެ ދޯނި އަޑިއަށް ދިޔައިރު އެ އަތޮޅު އެކި ރަށްރަށުގެ ގިނަ އަދަދެއްގެ ވިޔަފާރިތަކުގެ މުދާ އަރުވާފައި ހުއްޓެވެ. "ރިކާޑޯ" އަކީ އދ އަތޮޅަށް މުދާ އުފުލަން ދަތުރުކުރާތާ ވަރަށް ގިނަ ދުވަސްތަކެއް ވެފައިވާ ދޯންޏެކެވެ.
ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް