ރ. އުނގޫފާރުން ފުރައިގެން މާލެ ދަތުރުކުރަމުންދިޔަ ފެރީ ލޯންޗެއްގައި ބެޓެރީއެއް ގޮވައި ބަޔަކަށް އަނިޔާވި ހާދިސާގައި ސިމްބޮލިކް ރެކޯޑްސްގެ ދެ މެމްބަރުންނަށް ސީރިއަސް އަނިޔާތަކެއް ލިބުނު ކަމަށް ސިމްބޮލިކްއިން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނެފައިވާގޮތުގައި މި ހާދިސަ ހިނގާފައިވަނީ “ކްރިސްޓަލް ސްޕީޑް” ނަމަކަށްކިޔާ ފެރީ ލޯންޗެއްގައެވެ. ހާދިސާ ހިނގި އިރު 39 މީހުން ތިބި ކަމަށާއި ބެޓެރީ ގޮވުމުގެ ސަބަބުން ހަ މީހަކަށް އަނިޔާވެފައިވާކަމުގައި އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެކަމާ ގުޅިގެން ސިމްބޮލިކް ރެކޯޑްސްއިން ބުނީ، ފެރީ ލޯންޗުގައި އެއްޗެއް ގޮވައި، ހިނގި ނުރައްކާތެރި ހާދިސާގައި ސީރިއަސް އަނިޔާތަކެއްވި އެ ލޭބަލްގެ ދެ ފަންނާނުން ކަމުގައިވާހުސެއިން ޒިޔާދު (ޒިއާ) އަދި އަހުމަދު ނާއިލް (ނައިޑެން) އަށް އައިޖީއެމް ހޮސްޕިޓަލްގެ އީއާރްގައި ފަރުވާ ދެމުންދާ ކަމަށެވެ.
https://twitter.com/SymbolicRecords/status/1676640883184394240
"މާތް ﷲ ގެ ހެޔޮ ރަޙުމަތްފުޅާއިއެކު ޒިޔާ އަދި ނައިޑެންގެ ޙާލުވެސް މިހާރު ރަނގަޅު" ސިމްބޮލިކްއިން ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހުން ދަތުރު ކުރަމުން ދިޔައީ އީދު ޝޯ ދޭން ރ. އަތޮޅޫގެ ބައެއް ރަށްރަށަށް ކުރި ދަތުރު ނިންމާލުމަށްފަހު އެނބުރި މާލެ އައުމަށެވެ. ހާދިސާ ހިނގި ވަގުތު ޒިއާއާއި ނައިޑެންވެސް ތިބީލޯންޗުގެ އެންމެ ފަހަތުގައި ކަމަށް ވުމުން އެ ދެމީހުންނަށް ބޮޑަށް އަނިޔާވީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް