ޑިމޮކްރެޓްސް އުފައްދަން ބޭއްވި ޖަލްސާއަށް ގާސިމްގެ ތައުރީފު

ދަ ޑިމޮކްރެޓްސް އުފެއްދުމަށް ރޭ ބޭއްވި ޖަލްސާއަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފިއެވެ. އެގޮތުން ގާސިމް ވިދާޅުވީ އެ ޖަލްސާއަކީ ނުހަނު ކާމިޔާބު އެހާމެ ފުރިހަ...

06 Jul 2023 | 02:46

ދަ ޑިމޮކްރެޓްސް އުފެއްދުމަށް ރޭ ބޭއްވި ޖަލްސާއަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފިއެވެ.

އެގޮތުން ގާސިމް ވިދާޅުވީ އެ ޖަލްސާއަކީ ނުހަނު ކާމިޔާބު އެހާމެ ފުރިހަމަ ޖަލްސާއެއްކަމަށެވެ.

"ޑިމޮކްރެޓްސްގެ މުއައްސިސް ހަސަން ލަތީފާއި ރައީސް ނަޝީދަށާއި ތިޔަ ޕާޓީއަށް ތާއީދު ކުރައްވާ އެންމެހާ ފަރާތްތަކަށް ތަހްނިޔާއާއި މުބާރަކްބާދީ ދަންނަވަން" ގާސިމް ވިދާޅުވެފައިވެއެވެ.

https://twitter.com/qasimibrahim/status/1676755649164877826

ޢިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ހޯލުގައި ރޭ ބޭއްވި އެ ޖަލްސާގައި ރައީސް ނަޝީދުގެ އިތުރުން އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ބައެއް އިސް ބޭބޭފުޅުން ބައިވެރިވެވަޑައިގެންނެވެ. އޭގެތޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރު ރިޔާޒް ރަޝީދުވެސް ހިމެނިވަޑައިގަންނަވައެވެ.

ރޭގެ އެ ޖަލްސާއަށް ގިނަ ބަޔަކު ދިޔަކަން ފާހަގަކުރެވުނެވެ. އެ ޖަލްސާއަކީ ވަރަށް ކާމިޔާބު ޖަލްސާއެއްގެ ގޮތުގައި ޑިމޮކްރެޓްސްއިންވެސް ސިފަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް