ޓްވިޓާ އާއި އެއްގޮތް ޕްލެޓްފޯމެއް މާކް ޒަކަބާގް ލޯންޗުކޮށްފި

ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްވިޓާ އާއި ދާދި އެއްގޮތް ޕްލެޓްފޯމެއް ފޭސްބުކްގެ މައި ކުންފުނި މެޓަ އިން ލޯންޗުކޮށްފިއެވެ. މި ޕްލެޓްފޯމަށް ދީފައިވާ ނަމަކީ "ތްރެޑްސް، އެން އިންސްޓަގްރާމް އެޕް" އެވެ. މި ޕެލެޓ...

06 Jul 2023 | 02:34

ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްވިޓާ އާއި ދާދި އެއްގޮތް ޕްލެޓްފޯމެއް ފޭސްބުކްގެ މައި ކުންފުނި މެޓަ އިން ލޯންޗުކޮށްފިއެވެ.

މި ޕްލެޓްފޯމަށް ދީފައިވާ ނަމަކީ "ތްރެޑްސް، އެން އިންސްޓަގްރާމް އެޕް" އެވެ.

މި ޕެލެޓްފޯމް އުފައްދައި ލޯންޗުކޮށްފައިވަނީ މެޓަގެ އިންސްޓަގްރާމް ޓީމުން އިންސްޓަގްރާމް އެޕެއްގެ ގޮތުގައި ކަމަށް މެޓަ އިން ބުނެއެވެ.

މި ޕްލެޓްފޯމަކީ އިންސްޓަގްރާމްގެ ޓެކްސްޓް ބޭސްޑް އެޕެއްގެ ގޮތުގައިވެސް ސިފަ ކުރާއިރު އިއްޔެ ލޯންޗުކުރި މި އެޕް އެމެރިކާ، އިނގިރޭސިވިލާތް، ކެނެޑާ އަދި ޖަޕާނު ހިމެނޭހެން 100 އަށްވުރެ ގިނަ ގައުމަށް އެއް ފަހަރާ ދޫކޮށްލާފައިވެއެވެ.

އެހެން ނަމަވެސް މިވަގުތު ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކަށް މި ޕްލެޓްފޯމް ދޫކޮށްލާފައެއް ނުވެއެވެ. އެއީ މެޓަ އާއި އީޔޫއާއި ދެމެދު މެޓަ ގެ ޑާޓާ ޝެއަރިންގެ ރެގިއުލޭޝަންތަކާއިމެދު މަޝްވަރާތައް ކުރިއަށްދާތީއެވެ.

ޓްވިޓާގައި ހިމެނޭފަދަ "ރީޓްވީޓް، ތްރެޑް" ފަދަ ފަންކްޝަންތަކާއެކު ލޯންޗުކުރި މި ޕްލެޓްފޯމަކީ ޓްވިޓާއަށްހުރި ނުރައްކަލަކަށް ވެދާނެ ކަމުގައި ފާޑުކިޔާ ފަރާތްތަކުން މިހާރުވެސް ވަނީ ސިފަކޮށްފައެވެ.

މާކް ޒަކަބާގް ޓްވިޓާ އާއި އެއްގޮތް ޕްލެޓްފޯމެއް ލޯންޗުކޮށްފައިމިވަނީ މަހުޖަނު އީލޮން މަސްކު ޓްވިޓާ ގަނެ ޓްވިޓާގެ ތެރެއަށް ވިޔަފާރީގެ އެތައް ކޮމްޕޮނެންޓެއް އިންކޯޕަރޭޓްކޮށް ޓްވިޓާ ބޭނުންކުރާ ފަރާތްތަކުން އެގޮތް މިގޮތުން ފައިސާ ނަގަމުން އަންނަ ދަނޑިވަޅެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް