ކޮޅިގަނޑެއްގައި ނައިފަރު ގެއެއްގެ ފުރާޅު އެއްލާލައިފި

މިހާރު މި ކުރަމުންދާ ވިއްސާރައިގާ އައި ކޮޅިގަނޑެއްގައި ޅ. ނައިފަރު ގެ އެއްގެ ފުރާޅު އެއްލާލައިފިއެވެ. އެއްލާލާފައިވަނީ ޅ. ނައިފަރު "ސުކޫން" ގޭގެ ފުރާޅެވެ. މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހެނދުނު 11:15 ...

06 Jul 2023 | 02:12

މިހާރު މި ކުރަމުންދާ ވިއްސާރައިގާ އައި ކޮޅިގަނޑެއްގައި ޅ. ނައިފަރު ގެ އެއްގެ ފުރާޅު އެއްލާލައިފިއެވެ.

އެއްލާލާފައިވަނީ ޅ. ނައިފަރު "ސުކޫން" ގޭގެ ފުރާޅެވެ. މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހެނދުނު 11:15 ހާއިރުގައެވެ.

މި ހާދިސާއާއި ގުޅިގެން އެ ފުރާޅު މަގުމަތިން އެއް ފަރާތް ކުރުމުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ނައިފަރު ފަޔަރ ސްޓޭޝަނުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް