އުރީދޫ ފައިބަރ ބްރޯޑްބޭންޑް ސުޕަރނެޓް ބޭނުންކުރާ ފަރާތްތަކަށް މީޑިއާނެޓް އެމްއެސް ލައިޓް އެޕް ހިލޭ ބޭނުން ކުރުމުގެ ފުރުސަތު

އުރީދޫ ފައިބަރ ބްރޯޑްބޭންޑް ސުޕަރނެޓް ބޭނުންކުރާ ފަރާތްތަކަށް މީޑިއާނެޓް އެމްއެސް ލައިޓް އެޕް ހިލޭ ބޭނުން ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެ ކުންފުނިން ފެށި މި ޕްރޮމޯޝަނާއި ގުޅެގޮތުން ބުނީ ހުޅުމާލ...

06 Jul 2022 | 15:02

އުރީދޫ ފައިބަރ ބްރޯޑްބޭންޑް ސުޕަރނެޓް ބޭނުންކުރާ ފަރާތްތަކަށް މީޑިއާނެޓް އެމްއެސް ލައިޓް އެޕް ހިލޭ ބޭނުން ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ ކުންފުނިން ފެށި މި ޕްރޮމޯޝަނާއި ގުޅެގޮތުން ބުނީ ހުޅުމާލެއާއި މާލޭގައި ތިބި އުރީދޫގެ ކަސްޓަމަރުންގެ ތެރެއިން އުރީދޫ ބްރޯޑް ބޭންޑް ކަސްޓަމަރުންނަށް މީޑިއާނެޓް އެމްއެސް ލައިޓް އެޕްލިކޭޝަން 30 ދުވަހުގެ މުއްދަތަކަށް މުޅިން ހިލޭ ބޭނުން ކުރެވޭނެ ކަމަށެވެ. އަދި މާލެ އާއި ހުޅުމާލެއިން އުރީދޫ ބްރޯޑްބޭންޑް ޚިދުމަތް އަލަށް ހޯދާ ކަސްޓަމަރުންނަށް ވެސް މި ފުރުސަތު އޮންނާނެ ކަމަށް ބުންޏެވެ.

https://twitter.com/OoredooMaldives/status/1544335542422159361?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1544335542422159361%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fthepress.mv%2F136821

މި ޚިދުމަތް ހޯދުމަށް އެމްއެސް ލައިޓް އެޕްލިކޭޝަން ޓީވީން ޑައުންލޯޑް ކުރުމަށްފަހު ކިއުއާރް ކޯޑް ސްކޭން ކޮށްލުމުން 30 ދުވަހު އެ ޚިދުމަތް ހިލޭ ބޭނުން ކުރެވޭނެއެވެ.

މީޑިއާ ނެޓްގެ އެމްއެސްޓީވީގެ ލައިޓް ވާރޝަން، އެމްއެސް ލައިޓަކީ އެންޑްރޮއިޑް އެޗްޑީ، އެލްޖީ، ސެމްސަންގް ސްމާޓް ޓީވީ އަދި ގޫގުލް ކްރޯމްކާސްޓް އަށް އޮޕްޓިމައިޒް ކޮށްފައިވާ ޓީވީ އެކެވެ. އެ ފަރާތެއްގެ އެޕްލިކޭޝަން ސްޓޯރުން ޑައުންލޯޑް ކުރުމަށް ފަހު ކިއުއާރް ކޯޑް ސްކޭންކޮށްލުމުން ބޭނުން ކުރެވޭނެ އެމްއެސް ލައިޓްގައި 80 ލައިވް ޗެނަލް އާއި ފުޅާ ވީއޯޑީ ލައިބްރަރީއެއް އޮވެއެވެ. އަދި އަނދިރިކަން، ގާލްފްރެންޑްސް އަދި ގިރިދާ ފަދަ އެކްސްކްލޫސިވް މީޑިއާނެޓްގެ އޮރިޖިނަލް ސީރީސްތަކާއި ފިލްމްތައް ވެސް ހުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް