ބާސެލޯނާއަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ މިޑްފީލަޑަރ ފްރެންކީ ޑިޔޮންގް އަކީ ވިއްކާ ކުޅުންތެރިއެއް ނޫންކަމަށް ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ ބުނެފިއެވެ.
ޑިޔޮންގް ޔުނައިޓެޑަށް ވިއްކާލަން އުޅޭކަމުގެ އަޑުތައް މީޑިއާގައި ފެތުރުނު ނަމަވެސް ލަޕޯޓާ ބުނީ ޑިޔޮން އަކީ ބާސާއިން ވިއްކާލާނެ ކުޅުންތެރިއެއް ނޫން ކަމަށެވެ. އަދި އަންނަ ސީޒަނަށް ބާސާއިން ހެދި ޕްލޭނުގައި ވެސް ޑިޔޮން ހިމަނާފައިވާ ކަމަށާއި ކިތެންމެ ބޮޑު އަގެއް ހުށައެޅި ނަމަވެސް ޑިޔޮންގް ނުވިއްކާނޭ ކަމަށް ލަޕޯޓޭ ބުނެފައިވެއެވެ.
މީގެ ކުރިން މީޑިއާގައި ޚަބަރުތައް ފެތުރިފައިވާ ގޮތުން ބާސާއިން މަސައްކަތް ކުރަމުން ގެންދަނީ 75 މިލިއަން ޕައުންޑުގެ ފީއަކަށް ޔުނައިޓެޑަށް ޑިޔޮން ވިއްކާލުމަށް ކަމަށެވެ. ނަމަވެސް ބާސާއިން އޭނާ ވިއްކަން ކިޔާ އަގު ބޮޑުވުމުން ޔުނައިޓެޑުން ޑިޔޮންގްގެ ޑީލް ފައިނަލް ނުކުރެވިގެން އުޅެނީކަމަށް ވެސް ބައެއް ރިޕޯޓުތަކުގައި ބުނެފައިބެއެވެ.
ލަޕޯޓާ ބުނީ ޑިޔޮން އަކީ ބާސާގެ ކުޅުންތެރިއެއް ކަމަށާއި އެއްވެސް ކުލަބަކަށް އޭނާ ދޫނުކުރާނޭ ކަމަށެވެ. ޑިޔޮން އަށް ވަރަށް ގިނަ ކުލަބުތަކުން ހުށައެޅުންތައް އަންނަމުންދާ ކަމަށާއި ނަމަވެސް އެ ހުށައެޅުންތަކަށް ބީރުކަންފަތެއް ދީފައިވާ ކަމަށްވެސް ވެސް ލަޕޯޓާ ވަނީ ބުނެފައެވެ.
މީގެ އިތުރުން ލަޕޯޓާ ބުނީ ބާސާއިން ޑިޔޮންގް ވިއްކާލަން ޖެހިއްޖެ ނަމަ ވިއްކާލާނެ ކަމަށާއި ނަމަވެސް އަދި އޭނާ ވިއްކާލުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.
" އަހަރެންނަށް އެނގޭ ޑިޔޮންގް އަށް ވަރަށް ގިނަ ހުށައެޅުންތައް އަންނަކަން އެހެން ނަމަވެސް އޭނާ އަކީ ވިއްކާ ކުޅުންތެރިއެއް ނޫން. ބާސާއިން އޭނާ ނުވިއްކާނެ. ބާސާގެ ޕްލޭނުގައި ވެސް ޑިޔޮން ހިމެނޭ. އެހެން ކަމުން އެއްވެސް ކުަލަބަކަށް އޭނާ ދޫކުރެވޭކަށް ނެތް." ސްކައި ސްޕޯޓަސްއާއި ވާހަކަ ދައްކަމުން ލަޕޯޓާ ބުނެފައިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް