ޓެކްސް ބޮޑު ކުރުމުގެ ބަދަލުގައި ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އިސްކަން ދޭން ޖެހޭ: މަޓާޓޯ

ޓެކްސް ބޮޑު ކުރުމުގެ ބަދަލުގައި ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އިސްކަން ދޭން ޖެހޭ ކަމަށް މަޓާޓޯ އިން ބުނެފިއެވެ. ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅޭ ކަމަށާއި އެކަމ...

06 Jul 2022 | 12:41

ޓެކްސް ބޮޑު ކުރުމުގެ ބަދަލުގައި ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އިސްކަން ދޭން ޖެހޭ ކަމަށް މަޓާޓޯ އިން ބުނެފިއެވެ.

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅޭ ކަމަށާއި އެކަމާ ގުޅޭ މަޝްވަރާތައް ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވުމުން އެކަމަށް ރައްދު ދީ މަޓާޓޯ އިން ނެރުނު ބަޔާނެއްގައި ބުނީ ޓީޖީއެސްޓީ ބޮޑުކުރުމުން އެކަމުގެ ނޭދެވޭ އަސަރު ސަފާރީ އާއި ގެސްޓްހައުސް ފަދަ ކުދި ވިޔަފާރިތަކަށް ކުރާނެ ކަމަށެވެ.

އެފަދަ ބަދަލެއް ގެންނައިރު، ފަތުރުވެރިކަމުގެ ދާއިރާ އަށް އެކަށީގެންވާ މުއްދަތެއް ދޭން ޖެހޭނެ ކަމަށާއި އެގޮތުން އެންމެ މަދުވެގެން އަހަރެއްހާ ދުވަހުގެ މުއްދަތެއް ދޭން ޖެހޭނެ ކަމަށް މަޓާޓޯ އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން މަޓާޓޯ އިން ބުނީ ތެލުގެ އަގުތައް އުފުލި، ދަތުރުތަކަށް ކުރާ ހޭދަ ބޮޑުވެފައިވާ މި ދުވަސްވަރު، ރިސޯޓް ފަދަ ތަންތަނުގެ އަގުތައް އުފުލުމުން ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮތް މަގްބޫލުކަން ވެސް ދަށަށް ދާނެ ކަމަށެވެ. އަދި ސަރުކާރުން ޓެކްސް ބޮޑުކުރަން ނިންމީ ރާއްޖޭގެ ފަތުރުވެރިކަށް ކުރާނެ އަސަރުތަކަށް ފުރިހަމައަށް ނުބަލާ ކަމަށް ވެސް މަޓާޓޯ އިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް