މިއަހަރުގެ އަޟްޙާ ޢީދު ދުވަހާއި ވަޅުޢީދު ދުވަހު މާލޭގައި ވަކި ވަގުތެއްގައި ހިނގާފައި އުޅޭގޮތަށް ނިންމައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިގޮތަށް ނިންމީ އެ ކައުންސިލުގެ 4 ވަނަ ދައުރުގެ 59 ވަނަ ރަސްމީ އާއްމު ޖަލްސާގައެވެ.
އެ ޖަލްސާގައި ނިންމާފައިވަނީ އެ ދެ ދުވަހުގެ ހަވީރު 4:00 އިން ފެށިގެން އިރުއޮއްސި 6:00 އާއި ހަމައަށް ފައިމަގުގައި އުޅެވޭނެ ގޮތަށެވެ.
އެހެންނަމަވެސް މި ވަގުތުތަކުގައި ޚާއްސަ ހުއްދައިގެ ދަށުން މާލޭގައި އުޅަނދުފަހަރު ދުއްވޭނެ ކަމަށް ވަނީ ނިންމާފައެވެ.
ޢީދު ދުވަހާއި ވަޅުޢީދު ދުވަހު މާލޭގައި ހިނގާފައި އުޅޭ ވަގުތު ކަނޑައެޅުމަށް އެދި ހުށަހަޅުއްވާފައިވަނީ ގަލޮޅު މެދު ދާއިރާގެ މެންބަރު ރީހާން ނާޒިމެވެ. މި ހުށަހެޅުން ވަނީ ޖަލްސާ ގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އިއްތިފާޤުން ފާސްވެފައެވެ.
ޢީދު ދުވަހުގެ ވަކިވަގުތުތަކެއް ފައިމަގުގައި އުޅުމަށް ޚާއްސަކުރުމުގެގޮތުން މިދިޔަ ފިޠުރު ޢީދުގައި ވެސް މާލެ ސިޓީ ކައުންސިލުން ވަނީ ދުއްވާއެއްޗެހި ނުދުއްވާ ވަގުތު ކަނޑައަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް