ރާއްޖޭގެ އެންމެބޮޑު މުވާޒަލާތީ ކުންފުނި ދިރާގުން ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަންގައި ދިރާގު ފައިބަރ ބްރޯޑްބޭންޑް އާއި ދިރާގު ޓީވީއަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް އެ ޚިދުމަތްތައް ހިލޭ ގުޅައިދިނުމަަށް ވަނީ ނިންމާފައެވެ.
މި ޕްރޮމޯޝަންގެ ދަށުން ދިރާގު ފައިބަރު ބްރޯޑްބޭންޑަށް އެދޭ ހުރިހާ ކަސްޓަމަރުންނަށް އޯޓީ (ރައުޓަރު) އިން 50 ޕަސެންޓް ޑިސްކައުންޓް ލިބޭއިރު، ދިރާގު ޓީވީއަށް އެދި ހުށަހަޅާ ފުރަތަމަ 300 ކަސްޓަމަރުންނަށް ހިލޭ ވަޔަލެސް ކީބޯޑެއް ދިނުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން އެންމެ 350 ރުފިޔާއަށް ދިރާގު ޓީވީގެ ހުރިހާ ޗެނަލެއް މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ބަލައިލެވޭނެ ކަމަށް ދިރާގުން ބުނެއެވެ.
މި ވަގުތަކީ ރާއްޖޭގެ އެންމެ ބޮޑު ހައި-ސްޕީޑް ނެޓްވޯކަށް ވަދެ، ލިބެން ހުރި ހައިކޮލިޓީ އަދި އެންމެ ފުރިހަމަ މުނިފޫހިފިލުވުމުގެ ޗެނަލްތައްވެސް ތަޖުރިބާކޮށްލަން އެންމެ ރަނގަޅު ވަގުތު ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
ހުރިހާ އުމުރުފުރައެއްގެ އަދި އޯޑިއަންސްއަށް ޚާއްސަ ކޮށްފައިވާ ޕޯޓްފޯލިއޯ ގައި ސަތޭކައަށްވުރެ ގިނަ ޗެނަލް ހިމެނެއެވެ. ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ޚިދުމަތް ވެސް މެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް