މިއަހަރުގެ އަޟްހާ އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާގޮަތަށް ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ގްރޭޓަރ މާލެ އޭރިޔާއިން މާލެ، ވިލިމާލެ، އަދި ހުޅުމާލޭގައި ބޮޑު ޖަމާޢަތުގައި އަޟްޙާ އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން ބޮޑުޖަމާޢަތް ބޭއްވުމަށް ހަމަޖެހިފައިވަނީ މާލެ މާފަންނު ސްޓޭޑިއަމް، ހުޅުމާލެ ސްޓޭޑިއަމް (ސިންތެޓިކް ޓްރެކް) އަދި ވިލިމާލެ ބޯޅަދަނޑު ގައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ ޢީދު ނަމާދަށް ވަޑައިގަންނަވާއިރު ސަމާލުކަން ދެއްވަންވީ ކަންތައްތައް ވެސް ހަނދާންކޮށްދީފައެވެ.
އެގޮތުން ކޮންމެ ބޭފުޅަކުވެސް ގެއިން ވުޟޫކޮށްގެން އައުމާއި އަމިއްލަ މުސައްލައެއް ގެންނެވުމާއި އަމިއްލަ ފެންފުޅިއެއް ގެންނެވުން އަދި ފައިވާންލާނެ ކުޑަ ދަބަހެއް ނުވަތަ ކޮތަޅެއް ގެނައުމަށް ވަނީ ހަނދާންކޮށްދީފައެވެ. ނަމަވެސް ދަބަސް ނުވަތަ ކޮތަޅަކީ ޕްލާސްޓިކް އެއްޗަކަށް ވެގެން ނުވާނޭ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުމަށް ނިންމިނަމަވެސް މޫސުން ތަންނުދޭނަމަ ޢީދު ނަމާދު ކުރުން އޮންނާނީ މިސްކިތްތަކުގައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް