ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި ކާނަލް މުހައްމަދު ނަޝީދާއި އަލަމްގިރި ރާއްޖެއިން ފުރުން މަނާކޮށް ކޯޓު އަމުރެއް ނެރެފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ދެންމެ ބުނެފައިވަނީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެނ ނާޒިމް އަބްދުލް ސައްތާރާއި މުހައްމަދު ނަޝީދު (ކާނަލް) އަދި އަލަމްގިރި ރާއްޖެއިން ފުރުން މަނާކުރުމުގެ އަމުރެއް ކޯޓުން ނެރެފައިވާކަމަށެވެ.
މި ތިން މީހުންނާއި ގުޅޭގޮތުން ފުލުހުން ތަހުގީގު ކުރަމުން އަންނަނީ ލިވާތު ކުޅިއާއި ގުޅުންހުރި މައްސަލަތަކެކެވެ.
މިފަދަ މައްސަލަތަކެއް ފުލުހުން ތަހުގީގުކުރަމުން އަންނައިރު ނާޒިމް ކަމަށް ބެލެވޭ މީހަކު އަލަމްގިރި ކަމަށް ބެލެވޭ ބިދޭސީއަކާއެކު ކޮޓަރިއެއްގައި ލިވާތުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ލީކުވެފައިވެއެވެ. އަދި ހަަމަ އެ ކޮޓަރީގައި ކާނަލް ނަޝީދު ކަމަށް ބެލެވޭ މީހަކާއި އަލަމްގިރި ކަމަށް ބެލެވޭ މީހަކު ހިމެނޭހެން އެފަދަ މަންޒަރުތައް ފެންނަ ވީޑިއޯތަކެއްވެސް ލީކުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް