ޒިންމާދާރު މަގާމެއްގައި ހުރެ އަންހެނަކަށް ޖިންސީ ގޯނާކޮށް ބްލެކްމެއިލްކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
ދުވަހަށް މައުލޫމާތުދެމުން ފުލުހުން ބުނީ ހދ އަތޮޅުގެ ރަށެއްގައި 21 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކޮށް ބްލެކްމެއިލް ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ.
"މި މައްސަލައާއި ގުޅިގެން 36 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން އިއްޔެ ވަނީ ހައްޔަރުކޮށްފައި" ފުލުހުން ބުނެފައިވެއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ ސްކޫލެއްގެ ޓީޗަރެކެވެ. އަދި ޖިންސީ އަނިޔާ ލިބުނު އަންހެން މީހާއަށް މީގެ އަހަރުތަކެއް ކުރީއްސުރެ ޖިންސީ ގޯނާކޮށް ބްލެކްމެއިލް ކުރަމުން އަންނަކަމަށް ދުވަހަށް މައުލޫމާތު ލިިބިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް