މާލެ ދަތުރުކުރަމުންދިޔަ ލޯންޗެއް ތެޔޮ ހުސްވެ ހާލުގައި ޖެހުމުން ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ބުނެފައިވާގޮތުގައި ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފައިވަނީ 31 މީހުންނާއެކު އއ. ފެރިދޫން ފުރައިގެން މާލެ ދަތުރުކުރަމުންދިޔަ ލޯންޗަކަށެވެ.
"އެވްރީނާ އަލޯހާ" ނަމަކަށްކިޔާ ލޯންޗެއް، ކ. ބޮލިފުށީގެ ހުޅަނގުން 14 ނޯޓިކަލް މޭލު ބޭރުން ތެޔޮ ހުސްވެ އިންޖީނު ހުއްޓުމާ ގުޅިގެން، އެމްއެްނޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވާން ވަނީ ފަށާފައި" އެމްއެންޑީއެފުން ބުނެފައިވެއެވެ.
އޭގެ ފަހުން އެމްއެންޑީއެފުން ބުނެފައިވަނީ އެ ލޯންޗުގައި ތިބި 28 މީހުން މިއަދު ހެނދުނު 10:16 ހާއިރު މާލެ ގެނެސްފައިވާކަަމަށާއި އޭގެތެރޭގައި ކުޑަ ހަތަރު ކުދިންނާއި ހަތް އަންހެނުންނާއި 17 ފިރިހެނުން ހިމެނޭ ކަމަށެވެ. އަދި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް