މިއަދު ގާތްގަނޑަކަށް 5،000 މީހުން ކޯވިޑް ވެކްސިން ފުރިހަމަ ކޮށްފި

މިއަދު ގާތްގަނޑަކަށް 5،000 މީހުން ކޯވިޑް ވެކްސިން ފުރިހަމަ ކޮށްފި އެވެ. އެޗްޕީއޭގެ ތަފާސް ހިސާބު ދައްކާގޮތުން މިއަދު ރާއްޖެއިން ކޯވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒު 4،982 މީހުން ޖަހާފައިވެ އެވެ. އޭގެ ތެރޭ...

06 Jul 2021 | 18:41

މިއަދު ގާތްގަނޑަކަށް 5،000 މީހުން ކޯވިޑް ވެކްސިން ފުރިހަމަ ކޮށްފި އެވެ.

އެޗްޕީއޭގެ ތަފާސް ހިސާބު ދައްކާގޮތުން މިއަދު ރާއްޖެއިން ކޯވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒު 4،982 މީހުން ޖަހާފައިވެ އެވެ. އޭގެ ތެރޭގައި ގިނައީ މާލޭގައި ވެކްސިން ޖެހި މީހުންނެވެ.

މިއަދު މާލެއިން ކޯވިށް ވެކްސިންގެ ދެވަނަ ޑޯޒު 4،174 މީހުން ޖަހާފައިވެ އެވެ. އަތޮޅު ތެރޭގެ ހޮސްޕިޓަލްތަކުން ދެ ވަނަ ޑޯޒު ޖަހާފައިވަނީ 808 މީހުންނެވެ.

މިއަދު ފުރަތަމަ ޑޯޒު ޖަހާފައިވަނީ ޖުމްލަ 151 މީހުންނެވެ. އެއީ މާލެއިން އަތޮޅު ތެރެއިން 118 މީހުންނާއި މާލެއިން 33 މީހުންނެވެ.

މިއާއި އެކު ރާއްޖެއިން ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންގެ އަދަދު ވަނީ 317،549 އަށް އަރާފައި އެވެ. އަދި ދެ ޑޯޒު ޖެހި މީހުންގެ އަދަދު ވަނީ 199،784 އަށް އަރާފައި އެވެ.

މިވަގުތު އާންމުކޮށް ހުޅުވާލައިގެން ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒު ދެމުން ދަނީ ސިނޯފާމް އެކަންޏެވެ. ކޮވިޝީލްޑާއި، ފައިޒާ ވެކްސިންގެ ދެ ވަނަ ޑޯޒު ޖަހައި ދެމުންދަނީ އެޕޮއިންޓްމެންޓު އުސޫލުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް