މިއަދު ކޯވިޑް ޖެހުނު އަދަދު 105 ގައި

ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 105 މީހުން ޕޮސިޓިވް ވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 23 މީހުން ކަމަށެވެ. އަތޮޅު ތެރެއިން ޕޮސިޓިވްވީ 74 މީހުންނެވެ. ދެން މިއަދު ޕޮސިޓިވ...

06 Jul 2021 | 17:06

ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 105 މީހުން ޕޮސިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 23 މީހުން ކަމަށެވެ. އަތޮޅު ތެރެއިން ޕޮސިޓިވްވީ 74 މީހުންނެވެ. ދެން މިއަދު ޕޮސިޓިވްވީ ރިސޯޓުތަކުން ހަތް މީހުންނާއި އިންޑަސްޓްރިއަލް ރަށްތަކުން މީހެކެވެ.

މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 4،200 ސާމްޕަލެވެ.

މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 3،148 މީހުންނަށެވެ. އޭގެ ތެރެއިން 25 މީހުުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވެފައިވަނީ 71،212 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 213 އަށް އަރާފައި އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 74،585 މީހުން ޕޮސިޓިވްވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް