ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަނެއްކާވެސް ރައްދު ދެއްވައިފި އެވެ.
ރޭ މަޖިލީހުން ކުރިޔަށް ގެންދިޔަ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ނަޝީދު ވިދާޅުވީ2023 ވަނަ އަހަރުގެ ކުރިން ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކޮށް ބޮޑުވަޒީރު ކަމަށް ވަޑައިގެންނަވާނެ ކަމަށެވެ. އަދި އެކަން ކުރަން ރައްޔިތުންގެ ވޯޓާއި ހިސާބަށް ފޮނުވާނީ ޕީޕީއެމް އާއި އެމްޑީޕީ ގުޅިގެން ކަމަށް ވިދާޅުވި އެވެ.
މި ވާހަކަފުޅަށް ރައްދުދެއްވައި މައުމޫން މިއަދު ވަނީ ޓުވީޓެއް ކުރައްވާފައި އެވެ. މައުމޫން ވިދާޅުވީ ރާއްޖޭގެ ހާލަތާއި އެންމެ ގުޅޭ ރާއްޖެއަށް އެންމެ ފައިދާ ހުރި ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށެވެ. މައުމޫން ވިދާޅުވީ ރައްޔިތުންގެ އަގުލަބިްޔަތަކުން ނިންމާފައިވަނީވެސް ހަމަ ރިޔާސީ ނިޒާމު ކަމަށެވެ.
އެހެން ކަމުން ބަރުލަމާނީ ނިޒާމަކަށް ރާއްޖެއަކު ޖާގައެއް ނެތް ކަމަށް ވިދާޅުވި އެވެ. މައުމޫން ވިދާޅުވީ އެއީ ވަރަށް ސާފު މައްސަލައެއް ކަމަށެވެ.
https://twitter.com/maumoonagayoom/status/1412364199775199232
ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރެވުމުން ބޮޑުވަޒީރަކަށް އެމަނިކުފާނުގެ ނަން ހުށަހަޅުއްވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިއަށް ވެރިކަމުގެ ނިޒާމު ބަދަލު ނުކުރެވިއްޖެނަމަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމުގައި ވެސް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް