ވާދޫގައި އިމާރާތްކުރާ މިސްކިތުގެ ނުނިމި ހުރި މަސައްކަތް ބަޔަކާއި ހަވާލުކޮށްފި

ރ. ވާދޫގައި އިމާރާތްކުރާ މިސްކިތުގެ ނުނިމި ހުރި މަސައްކަތް ބަޔަކާއި ހަވާލުކޮށްފި އެވެ. މަސައްކަތް ނިންމުމަށް ހަވާލުކުރީ ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑާ އެވެ. މި މަސައްކަތް އެ ކުންފުންޏާއ...

06 Jul 2021 | 12:06

ރ. ވާދޫގައި އިމާރާތްކުރާ މިސްކިތުގެ ނުނިމި ހުރި މަސައްކަތް ބަޔަކާއި ހަވާލުކޮށްފި އެވެ. މަސައްކަތް ނިންމުމަށް ހަވާލުކުރީ ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑާ އެވެ.

މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރީ މިއަދު އެވެ.

4.3 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 180 ދުވަހުގެ ތެރޭގަ އެވެ.

މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙްމަދު ޒާހިރު ޢަލީ އެވެ. ހަައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ހަބީބެވެ.

ވާދޫގައި 2019 ވަނަ އަހަރު އިމާރާތް ކުރަން ފެށި އާ މިސްކިތުގެ މަސައްކަތް ހުއްޓުނީ، މި މަސައްކަތް ފުރަތަމަ ހަވާލުކުރި އެސްކޮން ބިލްޑާރސް ކުންފުނިން އެ މަސައްކަތް ނުކޮށް ދިގުލައިގެން ދާތީ، މިނިސްޓްރީ އޮފް ޕްލޭނިންގ ހައުސިންގ އެންޑް އިންފަރަސްޓަކްޗާރ އިން އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާތިލުކުރުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް