އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލު ބަލައިގަނެ ކޮމިޓީއަށް

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފި އެވެ. މި ބިލު މަޖިލީހަށް ހުށަހެޅީ ސަރުކާރު ފަރާތުން ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު އެވެ. މިއަދު ޖަލްސާ...

06 Jul 2021 | 10:31

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފި އެވެ.

މި ބިލު މަޖިލީހަށް ހުށަހެޅީ ސަރުކާރު ފަރާތުން ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު އެވެ.

މިއަދު ޖަލްސާގައި ބިލު ބަލައިގަތީ ހާޒިރުވެތިއްބެވި 48 މެމްބަރުންގެ ވޯޓުންނެވެ. މަޖިލީހަށް ބިލު ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށް ފޮނުވާފައިވަނީ ލާމަރުކަޒީ ކޮމިޓީއަށެވެ.

މި ބިލުގައި ބުނެފައިވަނީ ޓްރާންސްޕޯޓު މިނިސްޓްރީން މިހާރު ދެމުންދާ ބައެއް ހިދުމަތްތައް ކައުންސިލްތަކަށް ބަދަލު ކުރަން ޖެހޭނެ ކަމަށެވެ. ބިލުގައި ބުނެފައިވަނީ ކައުންސިލް ތަކުން ދޭނެ ހިދުމަތްތައް ކަނޑައަޅައި އަދި އެ ހިދުމަތްތަކާ ގުޅޭ ގަވައިދާ ހަދާނީ ޓްރާންސްޕޯޓް މިނިސްޓްރީންނެވެ.

އެ ގަވައިދުތައް ބިލު ފާސްވެ ތަސްދީގު ކުރާތާ ހަ މަސްތެރޭގައި ޓްރާންސްޕޯޓު މިނިސްޓްރީން އެކުލަވާލާ އާންމު ކުރަން ޖެހެ އެވެ.

ކައުންސިލްތަކަށް ބާރުތައް ދިނުމުގެ ގޮތުން ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާ ބެހޭ ގާނޫނަށްވެސް ވަނީ އިސްލާހު ހުށަހަޅައިފަ އެވެ. އެ އިސްލާހާ ގުޅޭ ބިލުގެ އިބްތިދާއީ ބަހުސްތައް ވެސް މިހާރު މަޖިލީހުގައި ވަނީ ފަށައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް