މޯލްޑިވިއަންގެ ޑާކާ ދަތުރުތައް ހުކުރު ދުވަހު އަލުން ފަށަނީ

ގައުމީ އެއާލައިން މޯލްޑިވިއަންއިން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ކުރާ ދަތުރުތައް އަލުން ފަށަން ތައްޔާރު ވެއްޖެ އެވެ. ޑިމާންޑު ބޮޑު ޑާކާ ދަތުރުތައް މޯލްޑިވިއަންއިން މެދުކަނޑާލާފައިވަނީ ބަންގްލަދޭޝްގ...

06 Jul 2021 | 06:54

ގައުމީ އެއާލައިން މޯލްޑިވިއަންއިން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ކުރާ ދަތުރުތައް އަލުން ފަށަން ތައްޔާރު ވެއްޖެ އެވެ.

ޑިމާންޑު ބޮޑު ޑާކާ ދަތުރުތައް މޯލްޑިވިއަންއިން މެދުކަނޑާލާފައިވަނީ ބަންގްލަދޭޝްގެ ކޯވިޑްް ހާލަތު ގޮސްވާތީ އެވެ. އެގައުމުން ދަނީ މިދިޔަ އޭޕްރިލް މަހުން ފެށިގެން ދޭތެރެ ދޭތެރެއިން ބައިނަލް އަގުވާމީ ފަސިންޖަ ފްލައިޓުތައް އެގައުމަށް ދަތުރު ކުރުން މަނާކުރަމުންނެވެ.

މޯލްޑިވިއަން އިން މިއަދު ބުނީ ޑާކާ ދަތުރުތައް މިމަހުގެ ނުވައެއްވާ ހުކުރު ދުވަހުން ފެށިގެން އަލުން ފަށަން ނިންމާފައިވާ ކަމަށެވެ.

އެ އެއާލައިނުން ޑާކާއަށް ހަފްތާ އަކު ތިން ދަތުރު ކުރެ އެވެ.

ކޯވިޑާއި ގުޅިގެން މޯލްޑިވިއަންއިން އިންޑިއާގެ ޑްރިވެންޑްރަމަށާއި ކޮޗިންއަށް ކުރަމުން އަންނަ ޝެޑިއުލް ދަތުރުތައް އޮތީ މެދުކަނޑާލާފައި އެވެ. އަދި މުމްބާއީއަށް މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން ކުރަން ހަމަޖައްސާފައިވާ ދަތުރުތައް ފެށުންވެސް އޮތީ މަޑު ޖައްސާލާފައި އެވެ.

މީގެ އިތުރުން ކޯވިޑާއި ގުޅިގެން މިދިޔަ އަހަރު ހުއްޓާލި ޗައިނާ ދަތުރުތައް އަދި ނުފަށެވެ. ކޯވިޑަށް ފަހު ޗައިނާގެ ބޯޑަރު އަދިވެސް އާންމުކޮށް ހުޅުވައެއް ނުލަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް