ތިނަދޫއިން އިތުރު 44 މީހުން ކޯވިޑަށް ޕޮސިޓިވް ވެއްޖެ

ހަލުވިކަމާއި އެކު ކޯވިޑް-19 ފެތުރެމުންދާ ގދ. ތިނަދޫއިން އިތުރު 40 އަށް ވުރެ ގިނަ މީހުން ޕޮސިޓިވް ވެއްޖެ އެވެ. ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އެންމެ ފަހުގެ ތަފާސް ހިސާބުތ...

06 Jul 2021 | 06:10

ހަލުވިކަމާއި އެކު ކޯވިޑް-19 ފެތުރެމުންދާ ގދ. ތިނަދޫއިން އިތުރު 40 އަށް ވުރެ ގިނަ މީހުން ޕޮސިޓިވް ވެއްޖެ އެވެ.

ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދާއްކާގޮތުން އިއްޔެ 44 މީހުން ޕޮސިޓިވްވެފައިވެ އެވެ. އެއާއި އެކު އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 280 އަށް އަރާފައި އެވެ.

އެ ހޮސްޕިޓަލުން ބުނީ ޕޮސިޓިވްވެފައިވާ މީހުންގެ ތެރެއިން އެކަކަށް ފަރުވާ ދެމުންދަނީ ތިނަދޫ ކޯވިޑް މެނޭޖްމެންޓް ފެސިލިޓީގައި އެޑްމިޓްކޮށްގެން ކަމަށެވެ.

މިފަހަރު މޮނިޓަރިންއަށް ލީ ފަހުން އެ ރަށުން 797 މީހުން ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 515 މީހުން ރަނގަޅުވެފައިރު ދެ މީހުން ވަނީ ބަލީގައި މަރުވެފައި އެވެ.

ތިނަދޫގައި ކޯވިޑް ފެތުރޭތީ މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ އޭޕްރިލް މަހުގެ 24 ވަނަ ދުވަހު އެވެ. އެކަމަކު މިހާތަނަށް އެ ރަށުގެ ހާލަތަށް ބަދަލެއް އައިސްފައެއް ނުވެ އެވެ.

އެހެންވެ އެ ރަށު ކައުންސިލުން ވަނީ ކޯވިޑާއި ގުޅިގެން އަޅާފައިވާ ހުރިހާ ފިޔަވަޅެއްހެން ހަރުކަށިކޮށްފައި އެވެ. މިހާރު އެ ރަށުގައި ދަނީ 24 ގަޑިއިރު ކާފިއު ހިންގަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް