ހަނިމާދޫ މަހު ހެދުމުގެ މަޝްރޫއުގެ 80 ޕަސެންޓު މަސައްކަތް ނިންމައިފި

ހދ. ހަނިމާދޫ މަގުހެދުމުގެ މަޝްރޫޢުގެ ބޮޑު ބައި ނިންމައިފި އެވެ. މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ މުޅި މަޝްރޫއުގެ މަސައްކަތުގެ 80 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ. ...

06 Jul 2021 | 04:58

ހދ. ހަނިމާދޫ މަގުހެދުމުގެ މަޝްރޫޢުގެ ބޮޑު ބައި ނިންމައިފި އެވެ.

މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ.

އެ ކުންފުނިން ބުނީ މުޅި މަޝްރޫއުގެ މަސައްކަތުގެ 80 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ހިނގާ ސަރަޙައްދު ގާއިމުކުރުމުގެ މަސައްކަތުގެ 91 ޕަސެންޓް ނިންމާލާފައިވާ ކަމަށެވެ.

ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން 16،518 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހިނގާ ސަރަޙައްދެއް ހަދާނެ އެވެ. 38،916 އަކަ މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު އުޅަނދު ދުއްވާ ސަރަޙައްދެއް ޤާއިމުކުރުމަށް ހަމަޖެހިފައިވެ އެވެ.

މީގެ އިތުރުން 19،679.7 އަކަ މީޓަރުގެ ސަރަޙައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެ އެވެ.

ޕްލޭނިން މިނިސްޓްރީން މި މަޝްރޫއު އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 46.7 މިލިއަން ރުފިޔާއަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް