ސެއިޚް ހަސީނާ މޯދީއަށް 2600 ކިލޯ ދޮން އަނބު ފޮނުވައިފި

ބަންގްލަދޭޝްގެ ބޮޑުވަޒީރު ސެއިޚް ހަސީނާ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް 2600 ކިލޯ ދޮން އަނބު ފޮނުވައިފިއެވެ. ސެއިޚް ހަސީނާގެ ފަރާތުން މޯދީއަށް ދޮން އަނބު ފޮނުވާފައިވާއިރު ވެސްޓް ބެންގާލްގެ ...

06 Jul 2021 | 03:44

ބަންގްލަދޭޝްގެ ބޮޑުވަޒީރު ސެއިޚް ހަސީނާ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް 2600 ކިލޯ ދޮން އަނބު ފޮނުވައިފިއެވެ.

ސެއިޚް ހަސީނާގެ ފަރާތުން މޯދީއަށް ދޮން އަނބު ފޮނުވާފައިވާއިރު ވެސްޓް ބެންގާލްގެ ޗީފް މިނިސްޓަރު މަމަތާ ބެނަރޖީއަށްވެސް ވަނީ ސެއިޚް ހަސީނާ ދޮން އަނބު ފޮނުވާފައިވެއެވެ. އަދި އިންޑިއާގެ ސިޔާސީ އެހެން ލީޑަރުންނަށްވެސް ދޮން އަނބު ފޮނުވާނެ ކަމަށް ސެއިޚް ހަސީނާ ބުނެފައިވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ސެއިޚް ހަސީނާ ފޮނުވި މި އަނބުތައް މިހާރު ވަނީ އިންޑިއާއަށް ގެންގޮސްފައެވެ.

އަނބުމޫސުމުގައި އަވަށްޓެރި ގައުމުތަކަށް ދޮން އަނބު ފޮނުވުމަކީ ބަންގްލަދޭޝް އިން މީގެ ކުރީގެ އަހަރުތަކުގައިވެސް ކުރަމުން އަންނަ ކަމެކެވެ. އެގޮތުން މި އަހަރުވެސް މޯދީގެ އިތުރުން ބޫޓާނުގެ ސިޔާސީ ވެރިންނަށްވެސް ދޮން އަނބު ފޮނުވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް