އަޝްމަލީއާއެކު ލަންކާގެ ރޫލިންގ ޕާޓީގެ ބައެއް ފަރާތްތައް ހައްޔަރުކޮށްފައިވޭ

ކުޑަ އަންހެންކުއްޖަކު ލައްވާ ހަށި ވިއްކުވާ، ނޭތްގާނީ އެތައް އަމަލެއް ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، ރާއްޖޭގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީއާއެކު ލަންކާގެ ރޫލިން ޕާޓީގެ ބ...

06 Jul 2021 | 03:10

ކުޑަ އަންހެންކުއްޖަކު ލައްވާ ހަށި ވިއްކުވާ، ނޭތްގާނީ އެތައް އަމަލެއް ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، ރާއްޖޭގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީއާއެކު ލަންކާގެ ރޫލިން ޕާޓީގެ ބައެއް ފަރާތްތައްވެސް ހައްޔަރުކޮށްފައިވާކަމަށް ލަންކާ ފުލުހުން ބުނެފިއެވެ.

ލަންކާ ފުލުހުން މިކަމުގެ އެންމެ ފަހުގެ މައުލޫމާތު ހާމަކުރަމުން ބުނެފައިވަނީ އަޝްމަލީ އާއެކު ހައްޔަރުކުރި ބައެއް ފަރާތްތަކަކީ ރޫލިން ޕާޓީގެ ވަރުގަދަ ބައެއް ސިޔާސީ ފަރާތްތަކެއް ކަމަށެވެ. ނަމަވެސް އެ ފަރާތްތަކުގެ މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.

އެހެންނަމަވެސް އަޝްމަލީ ހައްޔަރު ކުރި ސަބަބުގެ ތެރޭގައި، އެ އަންހެން ކުއްޖާގެ ހަށި ވިއްކަން ބޭނުންކުރި ދެ ވެބްސައިޓް މެއިންޓެއިންކޮށް ހިންގަމުންދިޔަ ފަރާތަކީވެސް އަޝްމަލީ ކަމަށް ބުނެފައިވެއެވެ. އެއީވެސް އޭނާގެ މައްޗަށް ކުރާ ތުހުމަތެއް ކަމުގައިވެސް ބުނެފައިވެއެވެ.

މި މައްސަލައިގާ ލަންކާ ފުލުހުން ވަނީ 32 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން 22 މީހަކު، 15 އަހަރުގެ އެ އަންހެން ކުއްޖާ އާ ގުޅުން ހިންގި ކަމަށްވެސް ލަންކާ ފުލުހުން ބުނެފައިވެއެވެެ.

މި މައްސަލައިގާ ހައްޔަރުކުރި ބައެއް މީހުންގެ ބަންދަށް މުއްދަތު ޖަހާފައިވާއިރު، އަޝްމަލީގެ ބަންދަށްވެސް 10 ދުވަސް ވަނީ ޖަހާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް