ޗާންދަނީމަގު ރެޑްބީ ފިހާރަ ހުންނަ ސަރަހައްދު ގޯޅިތެރޭގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މ.ނެލްކޯރާ ގޭގެ ދެވަނަ ފަންގިފިލާގަ އެވެ. އެ ބަޔަކީ ބިދޭސީން އުޅޭތަނެއް ކަމަށްވެސް މައުލޫމާތު ލިބެ އެވެ.
މިހާދިސާ ހިނގާފައިވަނީ މިރޭ 7:45 ހާއިރު އެވެ. އެ ސަރަހައްދުގައި ހުރި ދުވަހުގެ ނޫސްވެރިޔާ ބުނީ އެ ގޭގައި ރޯވެފައިވާ އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކޮށްފައިވާކަމަށާއި އަދިވެސް އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމްތައް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވާއިރު ސިފައިން މިހާރު ކުރަމުން އަންނަނީ އެ ގެ ސާފުކުރުމުގެ މަސައްކަތެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް އަލިފާނުގެ ހާދިސާ ހިނގި ފަންގިފިލާއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް