ރޯދަމަހު ދުވާލު ޗޮކުލެޓް ކާންހުރިމީހަކު ހައްޔަކު ކޮށްފި

ރޯދަމަހު ދުވާލު ވަގުތުގައި ފިހާރައެއްގެ ތެރޭގައި ޗޮކްލެޓެއް ކާން ހުރި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވީ މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 35 އަހަރުގެ ދިވެހ...

06 Jul 2015 | 09:45

ރޯދަމަހު ދުވާލު ވަގުތުގައި ފިހާރައެއްގެ ތެރޭގައި ޗޮކްލެޓެއް ކާން ހުރި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 35 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ މިއަދު 11:10 ހާއިރު، މަޖީދީ މަގުގައި ހުރި ފިހާރައަކުން ޗޮކްލެޓެއް ގަތުމަށްފަހު އެ ފިހާރަ ތެރޭގައި ޗޮކްލެޓް ކާން ހުއްޓައިކަމަށާއި، މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް