ޣައިރު ޤާނޫނީ އަމުރުތައް ނުނެރުމަށް އީސީއަށް ގޮވާލަން: އިންތި

ރައްޔިތުންގެ މައްޗަށް ޣައިރު ޤާނޫނީ އަމުރުތައް ނުނެރުމަށް އިލެކްޝަންސް ކޮމިޝަނަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ގޮވާލައްވައިފި އެވެ. އިންތި މިކަމަށް ގޮވާލީ އެމްޑީޕީ ހަރުގޭގައި ގަ...

06 Jul 2015 | 06:40

ރައްޔިތުންގެ މައްޗަށް ޣައިރު ޤާނޫނީ އަމުރުތައް ނުނެރުމަށް އިލެކްޝަންސް ކޮމިޝަނަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ގޮވާލައްވައިފި އެވެ.

އިންތި މިކަމަށް ގޮވާލީ އެމްޑީޕީ ހަރުގޭގައި ގައުމީ ހަރަކާތުން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިންތި ވިދާޅުވީ އެމީހަކު ބޭނުންވާ ސިޔާސީ ޕާޓީއެއްގައި އުޅުމަކީ ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންވާ އަސާސީ ޙައްޤެއް ކަމަށާއި އެހެންކަމުން ދިވެހި ރައްޔިތުންގެ މައްޗަށް ޣައިރު ޤާނޫނީ އަމުރުތައް ނުނެރުމަށް އީސީގެ މެންބަރުންނަށް ގޮވާލާ ކަމަށެވެ.

އިންތި ވިދާޅުވީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އުފެދިގެން އައި ދުވަސްވަރު އޭރު އޮތް އުސޫލުގެ ދަށުން ދިވެހި ރައްޔިތުންގެ އެތައްހާސް ބަޔަކު އެމްޑީއަށް ރަޖިސްޓްރީވެފައިވާ ކަމަށެވެ. އެހެންނަމަވެސް އޭރުގައި ފިންގަޕްރިންޓް ޖެހުމަށް ޤާނޫނުގައި ލާޒިމްކޮށްފައި ނުވާކަމަށެވެ.

ނަމަވެސް އެފަދަ ހުރިހާ މެންބަރުން އެމްޑީޕީން ވަކިކުރުމުގެ މަސައްކަތް މިހާރު އީސީން ފަށާފައިވާކަމަށް އިންތި ވިދާޅުވި އެވެ. އަދި ކުރިން ހިނގާފައިވާ ކަމެއްގެ މައްޗަށް ފަހުން ނިންމާ ނިންމުމަކުން އެގޮތް ބަދަލުކޮށް ޕާޓީންވަކިކޮށް އެހައްޤު ނިގުޅައިނުގަނެވޭނެކަން އިންތި ފާހަގަ ކުރެއްވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް