ސައިކަލެއް ވަގަށްނަގައިގެން ފިލަން އުޅުނު ދެ ކުޑަ ކުއްޖަކު ހައްޔަރުކޮށްފި

ސައިކަލެއް ވަގަށް ނަގައިގެން ފިލަން މަސައްކަތް ކުރި ކުޑަ ދެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 13 އަ...

06 Jul 2015 | 06:29

ސައިކަލެއް ވަގަށް ނަގައިގެން ފިލަން މަސައްކަތް ކުރި ކުޑަ ދެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 13 އަހރުގެ ފިރިހެން ކުއްޖަކާއި 11 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ.

މި ދެ ކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ސެންޓްރަލް ކްލިނިކް ކައިރީ ޕާކް ކޮށްފައި ހުރި ސައިކަލްތަކަށް ތަޅުދަނޑި ޖަހަމުން ގޮސް، އެތަނުން އެއްސައިކަލް ހުޅުވާ އެ ސައިކަލް ވަގަށް ނަގައި ގެން ފިލަން މަސައްކަތް ކުރަނިކޮށް، އާންމު ރައްޔިތުންގެ އެހީތެރިކަމާއެކު މާފަންނު ޕޮލިސްގައި މަސައްކަތް ކުރާ ފުލުހުން ކަމަށާއި މި މި މައްސަލަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓުން ތަހުގީގު ކުރަމުން އަންނަކަމަށްވެސް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް