ސިޔާސީ ހައްޔަރީންނަށް ލުއި ދޭން ސަރުކާރުން އޮތީ ތައްޔާރަށް: އެމްޑީޕީ

ކުށްކުށުގ ތުހުމަތުގައި ބަންދުކޮށްފައި އަދި ހުކުމް ތަންފީޒު ކުރަމުން އަންނަ ސިޔާސީ ހައްޔަރީންނަށް ލުއިދޭނ ސަރުކާރުން އޮތީ ތައްޔާރަށް ކަމަށް އެމްޑީޕީން ބުނެފި އެވެ. ރޭ ސަރުކާރާއެކު ކުރިއަށްގެންދިޔަ މަޝް...

06 Jul 2015 | 04:00

ކުށްކުށުގ ތުހުމަތުގައި ބަންދުކޮށްފައި އަދި ހުކުމް ތަންފީޒު ކުރަމުން އަންނަ ސިޔާސީ ހައްޔަރީންނަށް ލުއިދޭނ ސަރުކާރުން އޮތީ ތައްޔާރަށް ކަމަށް އެމްޑީޕީން ބުނެފި އެވެ.

ރޭ ސަރުކާރާއެކު ކުރިއަށްގެންދިޔަ މަޝްވަރާތަކަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވީ ސިޔާސީ ބޭފުޅުންނަށް ދެވެން އޮތް ލުޔެއް ދިނުމަށް ސަރުކާރުން އޮތީ ތައްޔާރަށް ކަމަށާއި އެކަމުގައި އަމަލުކުރެވިދާނެ ގޮތްތަކެއް ދެން އޮންނަ ބައްދަލުވުމެއްގައި ސަރުކާރުން ހުށަހަޅާނެ ކަމަށެވެ.

އިބޫ ވިދާޅުވީ ލުއި ދިނުމުގެ ކަންތައްތަކުގައި ވަގުތުކޮޅެއް ދިނުމަށް ސަރުކާރުން އެދިފައިވާކަމަށާއި ދެން އޮންނަ ބައްދަލުވުމަށް އެމްޑީޕީން ކުރަންޖެހޭ ކަންތައްތަކެއްވެސް ހިމެނޭގޮތަށް ސަރުކާރުން ކަރުދާހެއް ހުށަހަޅަން ނިންމާފައިވާކަމަށެވެ. އަދި "ޕޮލިޓިކަލް ރިކޮންސިލިއޭޝަން" އަކަށް ދިއުމަށްޓަކައި ގައުމީ ކަންކަމުގައި ސަރުކާރާ އެކު ވާހަކަ ދައްކައިގެން ހައްލު ހޯދަން އެމްޑީޕީއިން އޮތީ ތައްޔާރަށް ކަމަށާއި އުންމީދު ކުރަނީ ދެ ހަފްތާއެއްހާ ދުވަސްތެރޭގައި ނަތީޖާއެއް ނިކުތުން ކަމަށްވެސް އިބޫ ވިދާޅުވި އެވެ.

މަޝްވަރާތަކާ ބެހޭގޮތުން ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ މަޝްވަރާތައް ކުރިއަށްދަނީ ވަރަށް އެކުވެރި މާހައުލެއްގައި ކަމަށާއި ނަމަވެސް ދެފަރާތުންވެސް ސުންގަޑީތަކެއް ކަނޑައަޅާފައި ނުވާ ކަމަށެވެ. އަދި މަސްވަރާތަކަކީ ވަކި ބަޔަކު މޮޅުވެ ބަލިވުން ކަނޑައަޅާ މަޝްވަރާތަކެއް ނޫން ކަމަށާއި އަދި މި މަޝްވަރާތައް ކުރިއަށްދަނީ ރާއްޖޭގއި ޖެހޭ މައްސަލަތަކަށް ދިގު މުއްދަތަކަށް ހައްލެއް ހޯދުމަށް އެއްބަސްވުންތަކަކަށް އައުމަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް