މޯބައިލް ބޭންކިންގ އެޕަކާއެކު ބީއެމްއެލްގެ މޯބައިލް ބޭންކިންގ ތައާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސް އިން އާ މޯބައިލް އެޕަކާއެކު ރޭ ރާއްޖެއަށް މޯބައިލް ބޭނކިންގ ތައާރަފް ކޮށްފި އެވެ. މި އެޕްލިކޭޝަން ލޯންޗްކޮށްފައިވަނީ މިކަމަށްޓަކައި ސީހައުސްގައި ރޭ ބޭއްވި ހާއްސަ ހަފްލާއެއްގަ އެ...

06 Jul 2015 | 03:37

ބޭންކް އޮފް މޯލްޑިވްސް އިން އާ މޯބައިލް އެޕަކާއެކު ރޭ ރާއްޖެއަށް މޯބައިލް ބޭނކިންގ ތައާރަފް ކޮށްފި އެވެ.

މި އެޕްލިކޭޝަން ލޯންޗްކޮށްފައިވަނީ މިކަމަށްޓަކައި ސީހައުސްގައި ރޭ ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ.

އެޕަލް އަދި އެންޑްރޮއިޑް ސްމާޓްފޯނަށް އިންސްޓޯލް ކުރެވޭގޮތށް ތައްޔާރުކޮށްފައިވާ މި އެޕާއެކު ކަސްޓަމަރުންނަށް ސިކުންތުކޮޅެއްގެ ތެރޭގައި އެކައުންޓް ބަލާލުމާއި، ޓްރާންސްފާ ކުރުމާއި ބިލްތަކަށް ފައިސާ ދެއްކުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް ބޭންކުން ބުނެ އެވެ.

މިހާރު އިންޓަނެޓް ބޭންކިންގ ހިދުމަތް ބޭނުންކުރައްވާ ފަރާތްތައްވަނީ ބީއެމްއެލް އެޕަށް އޮޓޮމެޓިކުން ރަޖިސްޓްރީ ކުރެވިފައި ކަމަށާއި މި ކަސްޓަމަރުން މިހާރު ބޭނުންކުރައްވާ ޔޫސަރނޭމް އަދި ޕާސްވޯޑް ބޭނުންކުރައްވައިގެން އެޕަށް ލޮގިން ވެވޭނެކަމަށް ބީއެމްއެލްއިން ބުނެ އެވެ. އަދި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުން އިންޓަނެޓް ބޭންކިން އެޕްލިކޭޝަން ބީއެމްއެލްގެ ކޮންމެ ބްރާންޗަކަށްވެސް ހުށަހެޅޭނެ ކަމަށާއި މި ފޯމު ބޭންކުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށްވެސް ބޭންކުން ބުނެ އެވެ.

https://youtu.be/VnEO0N9SDuk

ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ އެންޑްރޫ ހީލީ ވިދާޅުވީ ކަސްޓަމަރުންނަށް ވީހާވެސް ލުއިފަސޭހަކޮށް ބޭންކިންގ ހިދުމަތްދިނުމަށް ބޭންކުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ބޭންކެއްގެ ހައިސިއްޔަތުން ކަސްޓަމަރުންނަށް ރަނގަޅު ހިދުމަތެއް ދިނުމަށް ކުރަމުންދާ މަސައްކަތް ފާހަގަވެގެންދާ ކަމަށެވެ. އަދި ބޭނުންވަނީ މޯބައިލް ފޯނު މެދުވެރިކޮށް ވީހާވެސް ފަސޭހައިން އަދި ކޮންމެ ވަގުތަކު ކޮންމެ ތާކު ހުންނަވާ ކަސްޓަމަރަކަށްވެސް ބޭންކިންގ ހިދުމަތް ދިނުމަށް ކަމަށާއި ގޭގައި ހުންނަވާ ވަގުތު، ރައްޓެހިންނާއެކު ކޮފީގައި ހުންނަވާ ވަގުތު ނުވަތަ އެއްރަށުން އަދި އަނެއްރަށަށް ދަތުރުކުރައްވާ ވަގުތުގައިވެސް މި އެޕް ވެގެންދާނީ ބީއެމްއެލްގެ ހިދުމަތް ހޯދުމަށް އިތުރު ފަސޭހައަކަށް ކަމަށް ހީލީ ވިދާޅުވި އެވެ.

https://youtu.be/FxLP8xgRSD8

ބީއެމްއެލްގެ މޯބައިލް އެޕް މިހާރު ގޫގްލް ޕްލޭ އަދި އެޕަލްސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވޭނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް