އެހެން އަހަރުތަކެކޭ އެއް ފަދައިން މި އަހަރުވެސް އަޟްޙާ ޢީދުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢިދު ހަދިޔާ ބެހުމާއި ޢީދަށް ކުރިއަށްގެންދާ އެކި އެކި ހަރަކާތްތަކުގައި އުރީދޫއިން އެހީތެރިކަން ފޯރުކޮށްދެމުން އެބަގެންދެއެވެ.
އެގޮތުން މިއަދު އުރީދޫއިން ވަނީ ކުޅުދުއްފުށީގައި ގާއިމުވެތިބޭ އުރީދޫގެ މުވައްޒަފުން ވަނީ އެ ރަށުގައި ޢީދު ހަދިޔާ ބަހާފައެވެ. ޢީދު ނަމާދަށްފަހު ހުޅުމާލޭގައިވެސް ޢީދު ހަދިޔާ ބެހުން ކުރިއަށްގެންގޮސްފައިވެއެވެ. އަދި ށ. މާއުނގޫދޫގައި އެ ރަށުގެ ޖަމުޢިއްޔާއެއްކަމުގައިވާ ސޮސައިޓީ ފޮރ މާއުނގޫދޫ ޔޫތު ލިންކޭޖުން ކުރިއަށްގެންދިޔަ ޢީދު ސައިގެ ހަރަކާތުގައި އުރީދޫ އިން ވަނީ ޕާޓްނަރ ވެފައެވެ.
މީގެ އިތުރުންވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢީދު ހަރަކާތްތަކަށް އުރީދޫއިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ޢީދު ހަދިޔާ ބެހުން މިއަދު ހަވީރުވެސް ބައެއް ސަރަހައްދުތަކުގައި ކުރިއަށްގެންދިއުމަށް އުރީދޫއިން ނިންމާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް