ދިރާގު އީދު ބޮނޑިބަތް: މި އަހަރު ވެސް އާންމުންގެ ބޮޑު ތަރުހީބެއް!

ދިރާގުން މިއަދު ހެނދުނު އަޟްހާ ޢީދުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔަ "ދިރާގު އީދު ބޮނޑިބަތް" ބެހުމުގެ ހަރަކާތަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފިއެވެ. ޢީދު ނަމާދަށް ފަހު ކު...

06 Jun 2025 | 04:53

ދިރާގުން މިއަދު ހެނދުނު އަޟްހާ ޢީދުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔަ "ދިރާގު އީދު ބޮނޑިބަތް" ބެހުމުގެ ހަރަކާތަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފިއެވެ.

ޢީދު ނަމާދަށް ފަހު ކުރިއަށް ގެންދިޔަ މި ހަރަކާތް ވަނީ މާލެ އަދި ހުޅުމާލޭގައި ބާއްވާފައެވެ. ހުޅުމާލޭގައި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާ ގުޅިގެން ކަމަށާއި، މާލޭގައި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މާލެ ސިޓީ ކައުންސިލާ ގުޅިގެން ކަމަށް ދިރާގުން މަޢުލޫމާތު ދީފައިވެއެވެ.

ދިރާގުގެ މެނޭޖަރ ބްރޭންޑް އެންޑް އިވެންޓްސް، ނާޔާ ޝަރީފް ވިދާޅުވީ، "ދިރާގު އީދު ބޮނޑިބަތަށް މި އަހަރު ވެސް އާންމުންގެ ފަރާތުން މިހާ ބޮޑު ތަރުހީބެއް ލިބުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޟްހާ އީދުގެ އުފަލުގައި އެންމެން ބައިވެރިކޮށް، މުޖުތަމައުގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ އިޖްތިމާއީ ރޫހު އާލާކޮށް، އެކަކު އަނެކަކާ ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދިނުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް" ކަމަށެވެ.

މި ހަރަކާތުގެ އިތުރުން، ދިރާގުން ވަނީ އެކި ރަށު ކައުންސިލްތަކާއި ޒުވާނުންގެ ޖަމިއްޔާތަކާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީދު ފާހަގަކުރުމުގެ ގޮތުން ހިންގާ ކުލަގަދަ ހަރަކާތްތަކަށް އެކި ގޮތްގޮތުން އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދީފައެވެ. މިކަމުން ދައްކުވައިދެނީ ދިރާގުން އިޖްތިމާއީ ޒިންމާ އަދާކުރުމަށް ދޭ އަހޭ އަހައްމިއްޔަތުކަމެވެ.

ދިރާގުން ދަނީ އިޖްތިމާއީ އެކިއެކި ހަރަކާތްތައް ހިންގައި، ދިވެހީންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ފަދަ ހަރަކާތްތަކުން ކުންފުނީގެ އިޖްތިމާއީ ޒިންމާ އަދާކުރުމުގެ އިތުރުން، މުޖުތަމަޢުގެ އެކި ފަރާތްތަކާ ގުޅުން ބަދަހިކުރުމަށް މަގުފަހިވެގެންދާކަން ފާހަގަކުރެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް