ހއ. ދިއްދޫގައި "ދިރާގު ގޯ ގްރީން 2025" ގެ ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފި

ދިރާގާއި ކްލީން މޯލްޑިވްސް ގުޅިގެން ހއ. ދިއްދޫގައި "ދިރާގު ގޯ ގްރީން 2025" ގެ ހާއްސަ ހަރަކާތްތަކެއް 2 އިން 4 ޖޫން 2025 އަށް ކާ އަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ. ތިމާވަށީގެ ދުވަހާ ގުޅުވައި...

06 Jun 2025 | 00:44

ދިރާގާއި ކްލީން މޯލްޑިވްސް ގުޅިގެން ހއ. ދިއްދޫގައި "ދިރާގު ގޯ ގްރީން 2025" ގެ ހާއްސަ ހަރަކާތްތަކެއް 2 އިން 4 ޖޫން 2025 އަށް ކާ އަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ. ތިމާވަށީގެ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގެ މަގުސަދަކީ، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ އިތުރުން މި ފަދަ ކަންކަމުގައި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމެވެ.

މި ތިން ދުވަހުގެ ހަރަކާތުގައި ދިއްދޫ ކައުންސިލް، ދިއްދޫ ކުރިމަގު ޖަމިއްޔާ، ލޯކަލް އެންޖީއޯތައް އަދި ސްކޫލް ކުދިންގެ އިތުރުން އާންމުންގެ ގިނަ ފަރާތްތަކުން ބައިވެރިވިއެވެ. މި ހަރަކާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ހަރަކާތަކީ، ހއ. ދިއްދޫގައި ހިންގުނު ގަސް އިންދުމުގެ ޕްރޮގްރާމެވެ. މި ޕްރޮގްރާމުގެ ދަށުން، އެ ރަށުގެ އެކި ހިސާބުތަކުގައި 2،000 ގަސް ވަނީ އިންދައިފައެވެ. މީގެ ތެރޭގައި މޭވާ އަޅާ ގަސް ކަމުގައިވާ އަނބު، ފޭރު، ރޯސް އެޕަލް އަދި އެކި ބާވަތްތަކުގެ ހިޔާ ލިބޭ ގަސްތައް ހިމެނެއެވެ. އިންދި ގަހުގެ ތެރޭގައި ހިމެނޭ 1،000 ގަހަކީ ދިރާގުން ހަދިޔާކޮށްފައިވާ ގަހެވެ.

މީގެ އިތުރުން، ހަރަކާތުގެ ތެރޭގައި ހއ. ދިއްދޫގެ ގޭގެޔަށް މޭވާ އަޅާ ގަސް ހަދިޔާކުރުމާއި، ކުނި މެނޭޖްކުރުމާއި ރީސައިކަލްކުރުމާ ބެހޭ ހޭލުންތެރިކަމުގެ ސެޝަންތައް ބޭއްވުނެވެ. އަދި ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމާ ބެހޭގޮތުން ޕެނަލް ޑިސްކަޝަނެއް ބޭއްވުމާއި، ކުޑަކުދިންނާއި ޒުވާނުންނަށް ހާއްސަކޮށްގެން ކުރެހުމުގެ މުބާރާތެއް ބޭއްވުނެވެ.

ދިރާގުގެ ސީނިއަރ މެނޭޖަރ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ، ބިޝާރާ ހަމީދު ވިދާޅުވީ، މިއީ ފަސް މިލިއަން ގަސް ގަސް އިންދުމުގެ ގައުމީ ހަރަކާތަށް އެއްބާރުލުންދީ، ރާއްޖޭގެ ގުދުރަތީ ރީތިކަން ދަމަހައްޓައި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން ރައްކާތެރިވުމުގެ މަގުސަދުގައި ހިންގި ހަރަކާތެއް ކަމަށެވެ.

ކްލީން މޯލްޑިވްސްގެ ފައުންޑަރ އަދި ރައީސް ހަފްސަތު ހަލީމް ވިދާޅުވީ، ސަސްޓެއިނަބިލިޓީއަކީ އަންނަން އޮތް ޖީލުތަކަށް ކުރާ ވައުދެއް ކަމަށާއި، ގޯގްރީން 2025 މެދުވެރިކޮށް މިއަށްވުރެ ފެހި، ދުޅަހެޔޮ ރާއްޖެއެއް ކަށަވަރުކޮށްދިނުމަކީ އެ ފަރާތުގެ އުންމީދު ކަމަށެވެ.

މި ހަރަކާތުގެ ސަބަބުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް މުޖުތަމައު އިތުރަށް ބާރުވެރިކޮށް، ދިގު މުއްދަތަކަށް މި ހަރަކާތްތަކުގެ ފައިދާ ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

މި ހަރަކާތަކީ ދިރާގުން ތިމާވެށި ރައްކާތެރިކުރުމަށް ދޭ އިސްކަމުގެ ދަށުން ކްލީން މޯލްޑިވްސްއާ ގުޅިގެން ހިންގި ހަރަކާތެކެވެ. މިފަދަ ހަރަކާތްތަކުން ދެމެހެއްޓެނިވި އާދަތައް މުޖުތަމައުގައި ކުރިއެރުވުމަށް މަގުފަހިވެގެންދާނެއެވެ.

ހަރަކާތުގެ ތެރެއިން ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމަށް ދިރާގުން ބައިވެރިންނަށް ރީޔޫޒަބަލް ކޮތަޅު ހަޅު ހަދިޔާކުރިއެވެ. މިއީ ތިމާވެއްޓާ ރައްޓެހި އާދަތައް އާންމުންގެ މެދުގައި އަށަގެންނެވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

"ދިރާގު ގޯ ގްރީން 2025" ގެ ހަރަކާތްތަކަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް އަމިއްލަ ފަރާތްތަކުން ކުރާ މަސައްކަތްތަކުގެ ރަނގަޅު މިސާލެކެވެ. މިފަދަ ހަރަކާތްތަކުން މުޖުތަމައުގެ ހޭލުންތެރިކަން އިތުރުވެ، ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމުކަން އާންމުންނަށް އަށް އިތުރަށް އަންގައިދެއެވެ. އަދި މިފަދަ މަސައްކަތްތަކުން ދިވެހިރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް