މި މަހުގެ 16 ވާ އާދީއްތަ ދުވަހަކީ ޢީދު ދުވަސް ކަމުގައި ކަނޑައަޅައިފީމު: ވަޒީރު ޝަހީމް

މި ހިނގާ ޖޫން މަހުގެ 15 ވާ ހޮނިހިރު ދުވަހަކީ އަރަފާތު ދުވަސް ކަމަށާއި އަދި 16 ވާ އާދީއްތަ ދުވަހަކީ ޢީދު ދުވަސްކަމުގައި ކަނޑައަޅައިފީމު ކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުހައްމަދ...

06 Jun 2024 | 17:59

މި ހިނގާ ޖޫން މަހުގެ 15 ވާ ހޮނިހިރު ދުވަހަކީ އަރަފާތު ދުވަސް ކަމަށާއި އަދި 16 ވާ އާދީއްތަ ދުވަހަކީ ޢީދު ދުވަސްކަމުގައި ކަނޑައަޅައިފީމު ކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މީޑިއާއަށް މިރޭ ހިއްސާ ކުރެއްވެވި މެސެޖެއްގައެވެ.

ވަޒީރުގެ އެ މެސެޖުގައި ވިދާޅުވެފައިވަނީ ސައޫދީ އަރަބިއްޔާއަށް 1445 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ ހަނދު ފެނިފައިވުމާއެކު، ދިވެހިރާއްޖޭގައި ހަނދު ސާބިތު ކުރުމުގެ އުޞޫލަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގައި ވެސް 1445 ވަނަ އަހަރުގެ ޙައްޖު މަހުގެ 1 ވަނަ ދުވަހަކީ 7 ޖޫން، 2024 ވާ ހުކުރު ދުވަސްކަމަށާއި، ޢަރަފާތު ދުވަހަކީ 15 ޖޫން 2024 ވާ ހޮނިހިރު ދުވަސްކަމަށާއި އަދި އަޟްޙާ ޢީދު ދުވަހަކީ 16 ޖޫން 2024 ވާ އާދިއްތަ ދުވަސްކަމުގައި ކަނޑައަޅައިފީމު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް