ސަޢޫދީ އަރަބިއްޔާއަށް ޛުލް ޙިއްޖާ މަހުގެ ހަނދު ފެނިފައިވާކަން އިޢުލާނުކޮށްފިއެވެ.
މިއާއެކު ޙައްޖު ދުވަހަކީ މި ހިނގާ ޖޫން މަހުގެ 15 ވަނަ ދުވަސް ކަމުގައި އަދި އަޟްޙާ ޢީދު ފުރަތަމަ ދުވަހަކީ މި ހިނގާ ޖޫން މަގެ 16 ކަމުގައި މިވަނީ ވެފައެވެ.
BREAKING | The crescent moon has been sighted in Saudi Arabia. Dhul Hijjah 1445 (2024) has commenced. #Hajj #HaramainInfo pic.twitter.com/5HpkNjLTUV
— ???????? (@HaramainInfo) June 6, 2024
ދިވެހި ކަލަންޑަރުގައިވާގޮތުން ޙައްޖު ދުވަހަކީ މި ޖޫން މަހުގެ 16 ވަނަ ދުވަހެވެ. އަދި ޢީދު ދުވަހަކީ މި ޖޫން މަހުގެ 17 ވަނަ ދުވަހެވެ. އެހެންނަމަވެސް ޛުލް ޙިއްޖާ މަހުގެ ހަނދު ފެނުމުން ޙައްޖު ދުވަހާއި ޢީދު ދުވަސް މިވަނީ އަވަސްވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް