މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް މުޢިއްޒަށް ދަޢުވަތު

އިންޑިއާގެ ބޮޑުވަޒީރުކަމުގެ ހުވާ ނަރެންދުރަ މޯދީ ކުރެއްވުމަށް ބާއްވާ ރަސްމިއްޔާތަށް ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އަރުވައިފިއެވެ. އިންޑިއާގެ މީޑިއާއިން ބުނެފައިވާގޮތުގައި ދަޢުވަތު އަރުވާފަ...

06 Jun 2024 | 14:43

އިންޑިއާގެ ބޮޑުވަޒީރުކަމުގެ ހުވާ ނަރެންދުރަ މޯދީ ކުރެއްވުމަށް ބާއްވާ ރަސްމިއްޔާތަށް ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އަރުވައިފިއެވެ.

އިންޑިއާގެ މީޑިއާއިން ބުނެފައިވާގޮތުގައި ދަޢުވަތު އަރުވާފައިވާ ވެރިންގެ ތެރޭގައި ބަންގުލަދޭސް، ސްރީ ލަންކާ، ބޫޓާން، ނޭޕާލް އަދި މޮރިޝަސްގެ ވެރިންނަށް ދަޢުވަތު އަރުވާފައިވެއެވެ.

މޯދީގެ މި ދަޢުވަތު ރައީސް މުޢިއްޒު ޤަބޫލުފުޅުކުރެއްވިކަން ސަރުކާރުން ރަސްމީކޮށް އަދި ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ވަގުތު ނޫހުގައި މިއަދު ރިޕޯޓުކޮށްފައިވާގޮތުގައި މޯދީގެ މި ދަޢުވަތު ރައީސް މުޢިއްޒު ވަނީ ޤަބޫލުފުޅުކުރައްވާފައެވެ. ސަރުކާރުން އެކަން އިޢުލާނުކުރާނެކަމަށްވެސް އެ ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް