ހަ ހާސް ރުފިޔާގެ އެލަވެންސަކާއެކު އެޗްޑީސީގެ ހުނަރު ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު

ތަފާތު އެކި ދާއިރާތަކުން ހުނަރުވެރި ދިވެހިން ތަމްރީނުކުރުމަށް ސަރުކާރާއި އެޗްޑީސީން އިސްނަގައިގެން ބާއްވާ ޕްރޮގްރާމް"ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް" ގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ...

06 Jun 2024 | 14:28

ތަފާތު އެކި ދާއިރާތަކުން ހުނަރުވެރި ދިވެހިން ތަމްރީނުކުރުމަށް ސަރުކާރާއި އެޗްޑީސީން އިސްނަގައިގެން ބާއްވާ ޕްރޮގްރާމް"ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް" ގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

ހަ މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދެވޭ މި ޕްރޮގްރާމްގައި 7 ދާއިރާއަކުން މަސައްކަތްތެރިން ތަމްރީނުކުރުމަށް ވަނީ ރާވާލާފައެވެ. އެގޮތުން ކޮމްޕިއުޓަރ ހާޑްވެއާރ އެންޓް ނެޓްވޯކިން ދާއިރާއާއި، ހެލްތް އެންޑް ސޭފްޓީ އިން ކޮންސްޓްރަކްޝަންގެ ދާއިރާއިން، ފްރޮންޓް އޮފީސް ދާއިރާއިންނާއި، ގާޑްނިންގް ދާއިރާ އާއި، ކޮންސްޓްކްޝަން ސައިޓް ސުޕަރވައިޒަންގެ ދާއިރާއާއި، މޭސަންރީ އަދި އިލެކްޓްރިކަލް އިންސްޓޮލޭޝަންގެ ދާއިރާއިން ޕްރޮގްރާމްތަށް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމް ފުރިހަމަ ކުރާ ބައިވެރިންނަށް އެ ދާއިރާތަކުން ލެވެލް3 ގެ ސެޓްފިކެޓްއެއް ލިބޭނެއެވެ. މިއީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކުރާ ސެޓްފިކެޓެކެވެ.

މި ޕްރޮގްރާމްތަކުގެ އަމަލީ ތަޖުރިބާ ކުރިއަށް ގެންދާނީ އެ ކޯޕަރޭޝަންގެ ފަންނީ މުވައްޒަފުންގެ ބެލުމުގެ ދަށުންނެވެ.

އެގޮތުން މި ޕްރޮގްރާމްގައި ބައިވެރިވެވޭ އުމުރު ފުރާއަކީ،18 އަހަރާއި35 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި ގްރޭޑް ދިހައެއް ނިންމާފައުވާ ނުވަތަ ލެވެލް2 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވާ ފަރާތްތަކަށެވެ. ހަ މަސް ދުވަހުގެ މުއްދަތަކަށް ހިންގާ މި ޕްރޮގްރާމްގެ ބައިވެރިންނަށް މަހަކު 6000 ރުފިޔާގެ އެލަޮވެންސްއެއް ދެވޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

މިފަދަ ޕްރޮގްރާމެއް ކުރިޔަށް ގެންދިޔުމުގެ މަގްސަދަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުން މަދުކޮށް ތަފާތު އެކި ދާއިރާތަކުން ހުނަރުވެރި ދިވެހިން ތަމްރީނު ކުރުމުގެ ބޭނުމުގައެވެ. މި ޕްަރޮގްރާމް ކުރިއަށް ގެންދަނީ، މިނިސްޓްރީ އޮފް ޔޫތް އެމްޕަވާރމެންޓް އިންފޮމޭޝަން އެންޑް އާޓްސް އާއި، މޯލްޑިވްސް ނެޝަނަލް ސްކިލް ޑިވެލޮޕްމެންޓް އޮތޯރިޓީ އާއި، ހަޔަރ އެޑިއުކޭޝަން ގުޅިގެންނެވެ.

އެޗްޑީސީން އަބަދުވެސް ތަފާތު އެކި ދާއިރާތަކުން މަސައްކަތްތެރިން ތަމްރީނު ކުރުމަށް ދަނީ ގިނަ މަސައަކަތް ތަކެއް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް