ދަސްވެނިކަމަކީ ހަމައެކަނި ލިބޭ ސަނަދެއް ނޫން ކަމަށާއި އެއީ އެކިކަންކަމުގައި ތިމާގެ ޤާބިލުކަން އިތުރުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވުނު އިސްލާމީ ޔުނިވާރސިޓީގެ2024 ވަނަ އަަހަރުގެ ދަސްވެނިވުމުގެ ޙަފްލާ ޝަރަފުކޮށްދެއްވައި ވަނީ ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
މި ޖަލްސާގައި ވާހަކަފުޅުގެ ތެރެއިން ސާޖިދާ ވަނީ ދަސްވެނިންނަށް މުހާތަބުކޮށް، ޔުނިވާސިޓީން ދަސްވެނިވުމާއި ހަމައިން ކިޔެވުން ނިންމައިނުލައި ޢިލްމާއި ހުނަރު ތަރައްޤީކުރުމަށް އަބަދުވެސް އަމިއްލައަށް މަސައްކަތް ކުރުމަށް ނަސޭހަތްތެރިވެފައެވެ. އަދި ޔުނިވާރސިޓީގައި ކިޔަވަމުންދާއިރު މީހުންނާ ގުޅިގެން އުޅުމާއި މުޢާމަލާތު ކުރުމުގެ ޤަބިލުކަމާއި ކަންކަން ވަޒަންކޮށް ފާޑުކިޔުމުގެ ޤާބިލުކަމާއި ކަންކަމަށް އާ ބަދަލުތައް ގެނެސް އުފެއްދުންތެރިކަން ކުރިއަށް ނެރުމުގެ ޤާބިލްކަން ފަދަ ކަންކަން އަށަގެންނެވުމަށް އިސްކަން ދޭން ޖެހޭ ކަންވެސް ވަނީ ފާހަގަ ކުރައްވާފައެވެ.
މީގެއިތުރުން އިސްލާމިކް ޔުނިވާސިޓީއަކީ ފަހުގެ ތާރީހުގައި ދިވެހި އިސްލާމީ މުޖުތަމައަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިން ތާރީޙީ ހިޔާވެއްސެއްކަން ފާހަގަކުރައްވައި ސާޖިދާ ވަނީ އެ ޔުނީވަސިޓިއަށް ތައުރީފުކުރައްވާފައެވެ.
މި ރަސްމިއްޔާތުގެ ހެނދުނު ދަންފަޅީގެ ބައެއް ދަސްވެނީންނަށް ސާޖިިދާ ވަނީ ސަނަދު ހަވާލުކޮށްދެއްވާފައެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް