މަޖިލިސް ރައީސް އަބްދުއްރަހީމްގެ މަސައްކަތްޕުޅަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބިއުރޯ ޗީފަކަށް ނިހާން

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބިއުރޯ ޗީފަކަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުالله ވަނީ އައްޔަ...

06 Jun 2024 | 10:26

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބިއުރޯ ޗީފަކަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުالله ވަނީ އައްޔަނުކުރައްވައިފިއެވެ.

އެ އިދާރާއިން މިއަދު ބުނީ ނިހާން އައްޔަނުކުރައްވާފައިވަނީ ޕާލަމެންޓަރީ ސަރވިސް ގަވާއިދުގެ ދަށުން މަޖިލީހުގެ ރައީސްގެ މަސައްކަތްޕުޅަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.

ނިހާންގެ ކުރިން ބިއުރޯ ޗީފަކަށް ހުންނެވީ ފާތިމަތު މުޙައްމަދު ސޯލިހްއެވެ. ނިހާން ވަނީ އިއްޔެ ވަޒީފާއަށް ނިކުންނަވަން ފައްޓަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް