މިޔަރު ޕޮއިންޓަކަށް ޑައިވިނަށް ދިޔަ ފަތުރުވެރިޔަކު މަރުވެއްޖެ

ފުވައްމުލަކުގެ ޓައިގާ ޝާކް ޕޮއިންޓަށް ޑައިވިނަށް ދިޔަ ފަތުރު ވެރިޔަކު މަރުވެއްޖެއެވެ. މޯލްޑިވްސް ޕޮލިސް ސާރވިސްއިން ބުނީ ޓައިގާ ޝާކް ޕޮއިންޓަށް ޑައިވިނަށް ދިޔައި ފަތުރު ވެރިޔަކު ޑައިވިން ނިންމާފައި ދޯ...

06 Jun 2024 | 10:12

ފުވައްމުލަކުގެ ޓައިގާ ޝާކް ޕޮއިންޓަށް ޑައިވިނަށް ދިޔަ ފަތުރު ވެރިޔަކު މަރުވެއްޖެއެވެ.

މޯލްޑިވްސް ޕޮލިސް ސާރވިސްއިން ބުނީ ޓައިގާ ޝާކް ޕޮއިންޓަށް ޑައިވިނަށް ދިޔައި ފަތުރު ވެރިޔަކު ޑައިވިން ނިންމާފައި ދޯންޏަށް އެރިފަހުން ހާލު ދެރަވެގެން ވަނީ ފުވައްމުލަކު ހޮސްޕިޓަލަށް މިއަދު 11:26 ހާއިރު ގެންގޮސްފައި ކަމަށެވެ. އެހެން ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައި އިރުވެސް ފަތުރުވެރިޔާ ވަނީ މަރުވެފައި ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މި ހާދިސާގައި މަރުވެފައި ވަނީ ޗައިނާ އަށް ނިސްބަތްވާ70 އަހަރުގެ ފިރެހެނެކެވެ. މިކަމާއި ގުޅިގެން އިތުރު ތަފްސީލެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ،މިި ހާދިސާއާއި ގުޅިގެން ބަލަން ޖެހޭ ކަަންކަން ފުލުހުން ބަލަމުން ދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް