ސައިކަލުތަކުގައި ރޯކޮށްލި މައްސަލައިގާ މީހަކު ހައްޔަރުކޮށްފި

މިދިޔަ އަންގާރަ ދުވަހު މާލޭގައި ސައިކަލުތަކެއްގައި ރޯކޮށްލި މައްސަލައިގާ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ. ހޯމަ ދުވަހުގެ ރޭ މެންދަމު ތިނެއްޖަހާ އެހައިކަށްހާއިރު އަލިފާން ރޯކޮށްލާފައ...

06 Jun 2024 | 07:56

މިދިޔަ އަންގާރަ ދުވަހު މާލޭގައި ސައިކަލުތަކެއްގައި ރޯކޮށްލި މައްސަލައިގާ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ހޯމަ ދުވަހުގެ ރޭ މެންދަމު ތިނެއްޖަހާ އެހައިކަށްހާއިރު އަލިފާން ރޯކޮށްލާފައިވަނީ ހޮޓެލް ޖެންގެ އިރަށް އަދި ރައްޔިތުންގެ މަޖިލިސް އިދާރާގެ ކުރިމައްޗަށްވާގޮތަށް އޮންނަ ޕާކިންގް ޖާގައިގާ ހުރި ސައިކަލުތަކެއްގައެވެ.

އެ ދުވަހު ފުލުހުން ބުނެފައިވާގޮތުގައި އެ ހާދިސާގައި ހަތް ސައިކަލަކާއި ބަހަކަށް ވަނީ ގެއްލުން ލިބިފައެވެ. އަދި އޭގެތެރެއިން ތިން ސައިލެއް ބޭނުން ނުކުރެވޭވަރަށް އަނދާފައިވާކަމަށްވެސް ފުލުހުން އެދުވަހު ބުނެފައިވެއެވެ.

މިއަދު ފުލުހުން ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން އުމުރުން 36 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށާއި އޭނާގެ ބަންދަށް ކޯޓުން 30 ދުވަހުގެ މުއްދަތެއްވެސް ދީފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް