ވިޔަފާރި ދަތުރެއްގައި ބެންކޮކަށް ގޮސް އުޅުނު ދިވެއްސަކަށް ޓެކްސީއެއްގެ ތެރެއަށް ދޫކޮށްލެވުނު ގިނަ އަދަދެއްގެ ފައިސާ، އެ ޓެކްސީ ޑްރައިވަރު އަނބުރާ ރައްދުކޮށްދީފިއެވެ.
ތައިލެންޑު ނޫސްތަކުން ބުނެފައިވާގޮތުގައި އަންގާރަ ދުވަހު ޓެކްސީއެއްގެ ތެރޭގައި ހަނދާންނެތިގެން ދަބަހެއް ބޭއްވުނީ އަލީ ހަފީޒް ކިޔާ މީހަކަށެވެ. އެ ދަބަހުގައި ޕާސްޕޯޓާއި 28،658 ތައިލެންޑު ރުފިޔާއާއި 1،294 ޑޮލަރާއި 1،690 ދިވެހި ރުފިޔާއާއި 3،840 ލަންކާ ރުފިޔާ ހުއްޓެވެ.
ދަބަސް ގެއްލުނުކަން އެނގުމުން އަލީ ހަފީޒް އެކަން ފުލުހުންނަށް ރިޕޯޓު ކުރިކަމަށާއި ފަހުން އެ ޓެކްސީ ޑްރައިވަރު އެ ދަބަސް ހަވާލުކުރި ކަމަށް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް