ރަށްދެބައިމަގަށް ކުނި އެޅި ބަޔަކު ހޯދަނީ

މާލޭ ރަށްދެބައިމަގަށް ގިނަ އަދަދެއްގެ ކުނި އެޅި ބަޔަކު ހޯދަމުން އަންނަ ކަމުގައި މާލޭ ސިޓީގެ މޭޔަރު ވިދާޅުވެއްޖެއެވެ. ރަށްދެބައިމަގަށް ގިނަ އަދަދެއްގެ ކުނިއަޅާފައިވާ މަންޒަރު ފެންނަ ވީޑިއޯތަކެއް މީހަކު...

06 Jun 2024 | 06:14

މާލޭ ރަށްދެބައިމަގަށް ގިނަ އަދަދެއްގެ ކުނި އެޅި ބަޔަކު ހޯދަމުން އަންނަ ކަމުގައި މާލޭ ސިޓީގެ މޭޔަރު ވިދާޅުވެއްޖެއެވެ.

ރަށްދެބައިމަގަށް ގިނަ އަދަދެއްގެ ކުނިއަޅާފައިވާ މަންޒަރު ފެންނަ ވީޑިއޯތަކެއް މީހަކު އެކްސްގައި ޕޯސްޓްކޮށްފައިވެއެވެ. އަދި އެ ޕޯސްޓްގައި ދިވެހި ފުލުހުންނާއި މާލޭ ސިޓީ ކައުންސިލް ޓެގްކޮށްފައިވެއެވެ.

އެ ވީޑިއޯތަކުން ފެންނަގޮތުގައި ޕޭމަންޓުން ބަޔަކާއި މަގުން ބަޔަކަށްވާހެން ބޮޑު ސަރަހައްދަކަށް ގިނަ އަދަދަކަށް ކުނި އަޅާފައިވެއެވެ.

އެކްސްގައި ކޮށްފައިވާ އެ ޕޯސްޓް ރީޕޯސްޓް ކުރައްވަމުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެފައިވަނީ އެކަން ކުރިބަޔަކު ހޯދުމުގެ މަސައްކަތް ފުލުހުންނާއި ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

ރީތި ފެހި އަމާން ސާފު މާލެ ސިޓީއެއް ދިނުމަށް ވެމްކޯއާއި މާލެ ސިޓީ ކައުންސިލް ގުޅިގެން މިކުރާ މަސައްކަތުގައި އަޅުގަނޑުމެން ހިތްވަރާއެކު ފޫހިކަމެއްނެތި ގަދަ ހިތްވަރާއެކު ކުރިއަށްގެންދާނެކަމުގައިވެސް މޭޔަރު ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް