ސޮނީ އިލެކްޓްރޯނިކްސްގެ ރާއްޖޭގެ އޮފިޝަލް ޑިސްޓްރިބިއުޓާކަން ކެމެރާއެލްކޭއަށް – ރާއްޖޭގެ ބްރާންޗު މި މަހު ފަހުކޮޅު ހުޅުވުމުގެ އަމާޒު

ސޮނީ އިލެކްޓްރޯނިކްސްގެ، ދިވެހިރާއްޖޭގެ އޮފިޝަލް ޑިސްޓްރިބިއުޓާކަން ސްރީ ލަންކާގެ ކެމެރާއެލްކޭއަށް ދީފިއެވެ. މި ޝަރަފު ކެމެރާއެލްކޭއިން ހޯދާފައިވާއިރު ކެމެރާ އެލްކޭއިން އަންނަނީ ރާއްޖޭގައި ކެމެރާ އެލް...

06 Jun 2024 | 05:53

ސޮނީ އިލެކްޓްރޯނިކްސްގެ، ދިވެހިރާއްޖޭގެ އޮފިޝަލް ޑިސްޓްރިބިއުޓާކަން ސްރީ ލަންކާގެ ކެމެރާއެލްކޭއަށް ދީފިއެވެ.

މި ޝަރަފު ކެމެރާއެލްކޭއިން ހޯދާފައިވާއިރު ކެމެރާ އެލްކޭއިން އަންނަނީ ރާއްޖޭގައި ކެމެރާ އެލްކޭގެ ބްރާންޗް މި މަހުގެ ފަހުކޮޅު ހުޅުވުމަށް ތައްޔާރުވަމުންނެވެ.

ރާއްޖޭގެ އޮފިޝަލް ޑިސްޓްރިބިއުޓާކަން ކެމެރާ އެލްކޭއަށް އަރުވާފައިވަނީ ސޮނީ ސައުތު އީސްޓް އޭސިއާގެ ވެރިޔާ ޖެރެމީ ހެންގް އެވެ. އެ ލިޔުމާ ހަވާލުވެފައިވަނީ ކެމެރާއެލްކޭގެ ވެރިޔާ އަނުޝްކާ ގުނަސިންގެ އެވެ.

އޮފިޝަލް ޑިސްޓްރިބިއުޝަންއާއެކު އަދި ރާއްޖޭގައި ކެމެރާއެލްކޭގެ ބްރާންޗު ހުޅުވުމާއެކު ސޮނީ ކެމެރާއާއި ލެންސާއި ފޮޓޯގްރަފީއާއި ގުޅޭ ސޮނީގެ އެންމެ ފަހުގެ އުފެއްދުންތައް އެންމެ ރަނގަޅު އަގުގައި އަދި ލަންކާގައިވެސް ކެމެރާ އެލްކޭއިން ދެމުން އަންނަފަދަ އިތުބާރުހިފޭ ހިދުމަތެއް ރާއްޖޭގައިވެސް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް ކެމެރާ އެލްކޭއިން ބުނެއެވެ.

ކެމެރާއެލްކޭއަކީ ދިވެހި ފޮޓޯގްރާފަރުންގެ މެދުގައި ވަރަށް މަގްބޫލު ވިޔަފާރިއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް