އުރްފީގެ މޫނު ދުޅަވި ސަބަބު ކިޔައިދީފި

އުރްފީ ޖާވިދްގެ މޫނު ދުޅަވެފައިވާ ސަބަބު އޭނާގެ ފޭނުންނަށް ކިޔައިދީފިއެވެ. އުރްފީ ޖާވިދް ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި އޭނާގެ މޫނު ދުޅަވެފައިވާ ފޮޓޯ ތަކެއް ހިއްސާކޮށްފައެވެ. އެކަމާ ގުޅިގެނ...

06 Jun 2024 | 04:56

އުރްފީ ޖާވިދްގެ މޫނު ދުޅަވެފައިވާ ސަބަބު އޭނާގެ ފޭނުންނަށް ކިޔައިދީފިއެވެ.

އުރްފީ ޖާވިދް ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި އޭނާގެ މޫނު ދުޅަވެފައިވާ ފޮޓޯ ތަކެއް ހިއްސާކޮށްފައެވެ. އެކަމާ ގުޅިގެން އޭނާއަށް ވަނީ ބޮޑު ސަމާލުކަމެއް ލިބިފައެވެ. އަދި އޭނާގެ ފޭނުން ވަނީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭނާގެ ފޭނުންނަށް މޫނު ދުޅަވި ސަބަބު އޭނާ މިހާރު ވަނީ ހިއްސާކޮށްފައެވެ.

އުރްފީ ބުނީ، މޫނު ދުޅަވާން ފެށީ އެލާޖިކް ރިއެކްޝަންއެއް ވެގެން ކަމަށާއި އެހެން ދިމާވީ އޭނާ އެންމެ ފަހުން ހެދި ކޮސްމެޓިކް ޕްރޮސީޖާއަކާއި ގުޅިގެން ކަމަށެވެ. ފޮޓޯ ހިއްސާ ކުރަމުން އުރުފީ ބުނީ އެއީ "ފިލަރސް" ލައްވާފައި ނޫން ކަމަށާއި އެއީ އެލާޖިކް ރިއެކްޝަން އެއް ކަމަށެވެ. އަދި އޭނާ ވަނީ އިމިއުން ތެރަޕީ ފަށާފައި ކަމަށްވެސް ބުނެފައެވެ. މީގެއިތުރުން އުރުފީ ބުނީ އެއްވެސް އިތުރު ސާޖަރީއެއް ނުކުރާ ކަމަށެވެ.

ބޮޓޮކްސް އަކީ މޫނުގައި ހުންނަ ރޫތައް ފިލުވުމަށް ހަޔަލުރޯނިކް އެސިޑް، އަދި ކޮލާޖިން އެކުލެވޭ އިންޖެކްޝަނެއް މޫނުގެ މަސްގަނޑު ރިލެކްސަކޮށް ރޫތައް ފިލުވުމަށް ބޭނުންކުރެވޭ އިންޖެކްޝަނެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް